ޗަމްޕާ މޫން ގެސްޓް ހައުސްގެ ބައެއްގައި އަލިފާން ރޯވެއްޖެ

ޗަމްޕާ މޫން ގެސްޓް ހައުސްގެ ކޮޓަރިއެއްގައި މިރޭ އަލިފާން ރޯވެ އެ ކޮޓަރީގައި ހުރި ބައެއް މުދަލާއި ހިފާ ގެންގުޅޭ ސާމާނު އަނދައި ހުލިވެއްޖެ އެވެ.
ގެސްޓް ހައުސްގައި އަލިފާން ރޯވީ މިރޭ ގާތްގަނޑަކަށް 9:15 ހާއިރު އެވެ. އރޯވީ އެ ގެސްޓް ހައުސްގެ ފުރަތަމަ ފްލޯގައި ހުންނަ މީހުން ދިރިއުޅޭ ކޮޓަރިއެއްގައެވެ. ނަމަވެސް އަލިފާނުގެ މިހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އެހެންނަމަވެސް އެ ކޮޓަރީގައި ހުރި ޓީވީ އާއި އޭސީ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މީގެ އިތުރުން ހިފާ ގެންގުޅުނު އެހެން ބައެއް ސާމާނާއި އެ ކޮޓަރީގައި އަޅާފައި ހުރި ކަރަންޓް ވައިރު ތައް ވަރަށް ބޮޑަށް ވަނީ ވިރިގެން ފައިބައިފަ އެވެ.
އެމްއެންޑީއެފް އިން ބުނީ މިހާދިސާ ހިނގިކަމް މިރޭ 9:25 ހާއިރު އެނގުނީ ބިދޭސީއަކު ރިޕޯޓް ކުރުމުން ކަމަށާއި އަލިފާން ނިއްވައިލެވުނީ 9:40 ހާއިރު ކަމަށެވެ. އަދި ބުނީ މިހާދިސާ ހިނގި ގަޑީގައި އެ ކޮޓަރީގައި އެއްވެސް ބަޔަކު ނެތް ކަމަށެވެ. އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ބުނަން ނޭނގޭ ކަމަށާއި ސަބަބު ބަލަމުން އަންނަ ކަމަށެވެ.
----
22:05 ޗަމްޕާ މޫންގެ ބައެއްގައި އަލިފާން ރޯވެފައި ވަނީ ކަރަންޓްގެ މައްސަލައަކުން ކަމަށް ވެއެވެ. އެބައިގައި ހުރި ޓީވީ އާއި ފަންކާ އާއި ޓީވީ ބަހައްޓާ ރެކް ހުރީ އަނދާ ހުލިވެފައެވެ.
ޗަމްޕާ މޫން ގެސްޓް ހައުސްގެ ބައެއްގައި އަލިފާން ރޯވެއްޖެ އެވެ. އެ ސަރަހައްދުގައި މިވަގުތު ސިފައިން ހަރަކާތްތެރިވަމުން އެބަދެ އެވެ.
ދި ޓީވީ އާއި ދިއެފުއެމް ހުންނަ އިމާރާތާ ޖެހިގެން ހުންނަަ ގެސްޓް ހައުސްގައި ރޯވެފައިވާއި އެ ސަަރަހައްދުގައި އެމްބިއުލާންސެއްވެސް ބާއްވާފައި އެބައޮތެވެ. އެކަމަކު މީހަކަށް ގެއްލުމެއް ލިބުނުކަން އަދި ސާފެއް ނުވެއެވެ. މިވަގުތު ދުމެއް ވެސް ނާރަ އެވެ.
ސިފައިންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އަލިފާން ރޯވީ ގެސްޓް ހައުސްގެ ފުރަތަމަ ފަންގި ފިލާގެ ކޮޓަރިއެއްގައި ކަމަށާއި މިހާރު އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
މިވަގުތު އެސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ޖަމާވެފައި އެބަތިއްބެވެ. (ތަފުސީލު އަންނަނީ)\\
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ