ރައްޔިތުންނާ ގުޅިގެން މެނުވީ ފުލުހުންގެ ހިދުމަތް މުޖުތަމައުއަށް ދެވޭނެ ގޮތެއް ނޯންނާނޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.
ރ.އަތޮޅު އިންނަމާދޫގައި ގާއިމްކުރި ފުލުހުންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ފުލުހުން އެކަނި ތިބެގެން ހިދުމަތްކުރެވޭނެ ތަނެއްނޫންކަމަށެވެ. ފުލުހުންގެ ހިދުމަތަށް އެއްބާރުލުންދޭ ބަޔަކީ ރައްޔިތުން ކަމަށާއި މިއަދު ފުލުހުންގެ ހިދުމަތް ބައްޓަންވެފައިވަނީ އަދި މި ހިދުމަތަކީ ރައްޔިތުންނާއި ފުލުހުންނާ ގުޅިގެންދެވޭނެ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ.
ފުލުހުންގެ ހިދުމަތް ފުޅާވަމުންދާއިރު ފުލުހުންނާ ރައްޔިތުންނަކީ ގުޅިލާމެހިފައިވާ ބައެއްގެ ގޮތުގައި ދެކި އިތުރަށް ގުޅުން ބަދަހިކުރަންޖެހޭކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ފޯރުކޮށްދޭ މި ހިދުމަތަކީ ހަމަ ކޮންމެ ރައްޔިތަކަށްމެ ރައްކާތެރިކަން ލިބޭނެ ހިދުމަތެއްކަމަށެވެ.
އެކުވެރިންގެ ހައިސިއްޔަތުން އެކަކު އަނެކަކަށް އިހުތިރާމާއި ތައުރީފުކޮށް އެއްބައިވަންތަކަމާއި ޕްރޮފެޝަނަލިޒަމް އެކުލެވިގެންވާ ކަމެއްގެ ގޮތުގައި މި ހިދުމަތާމެދު ދެކެންޖެހޭ
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން
ސީޕީ ވިދާޅުވީ ފުލުހުންގެ ޒިންމާއަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުން އެކަނި ނޫންކަމަށާއި، އޭގެ ތެރޭގައި މުޖުތަމައާ ގުޅުންބަދަހިކުރުން ހިމެނޭކަމަށެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތަކީ ތަހުޒީބުވެފައިވާ މުޖުތަމައަކަށް ހިދުމަތްކުރުމަށް ތަމްރީނުވެ، ތައްޔާރުވެ ފައްކާވަމުންދާ ހިދުމަތެއް. ޒަމާނީ ބަދަލުތަކަށް ތަމްރީނުހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރިކަމަށް ސީޕީ ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅި ހިދުމަތްދޭން ފަށާފައިވަނީ 2004 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން މިހާތަނަށް 21 އަހަރު ވެގެންދިޔައިރު، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ގާތުން ދިނުމަށް، 187 ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފައިވާކަން ސީޕީގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައްޔިތުންނާ ގުޅިގެން މެނުވީ ފުލުހުންގެ ހިދުމަތެއް ނުދެވޭނެ: ސީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ