ޅައިރުންސުރެ ސިއްހީޯ އާދަތަކަށް އަހުލުވެރިވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ޞިއްޙީ އާދަތަކަށް ޅައިރުއްސުރެ އަޅުގަނޑުމެން އަހުލުވެރިވުން މުހިންމު ކަމަށެވެ. ރައީސް ވިދާޅުވީ ކެއިންބުއިމާއި، ހަރަކާތްތެރިވުމާއި، ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ޞިއްޙަތަށް ސަމާލުވާން ޖެހޭ. ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ ތަރުބިއްޔަތު ލިބިގަންނަން ޖެހޭކަމަށެވެ.
ދިވެހީންނަކީ ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބެ، ޤައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ ޢަޒުމު މިފަދަ ކޮންމެ ދުވަހަކުމެ އަޅުގަނޑުމެން އާކުރަން ވާނޭކަމަށް ރައީސްގެ ޕޯސްޓްގައި ފާހަގަކުރެއްވިއެވެ. އަދި ރައީސް ވަނީ މިކަންކަން ހެޔޮމަގުން ކުރިއަށްގެންދިއުމުގައި މުޖްތަމަޢު ހޭލުންތެރި ކުރުމަށް އަމިއްލަ ޖަމާޢަތްތަކާއި ފަރުދުންގެ ފެންވަރުގައިވެސް ކުރައްވާ މަަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ.
މިފަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރަކީ ހަކުރު ބައްޔާއި ދުލަހެޔޮކަމެވެ.
ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ކޮންމެ އަހަރެއްގެވެސް މިދުވަހު ފާހަގަކުރަމުންދާއިރު، ހަކުރު ބައްޔާމެދު އާއްމުން އަހުލުވެރިކުރުވުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގައެވެ. އެގޮތުން މިދުވަހުގެ މައިގަނޑު ޕްރޮގްރާމުތައް އަމާޒުކުރަނީ ހަކުރުބައްޔާމެދު އަހުލުވެރިކުރުވުމަށެވެ.
ޅައިރުންސުރެ ސިއްހީ އާދަތަކަށް އަހުލުވެރި ވާންޖެހޭ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ