އަވައްޓެރި ސްރީލަންކާއަށް ކުރިމަތިވި ތޫފާނާއި ވެހުނު ބޯ ވާރޭގެ ސަބަބުން ލިބުނު ގެއްލުންތަކާއެކު އެޤައުމުގެ ބާޒާރުގައި ތަރުކާރީގެ ބާވަތްތައް ރެކޯޑް މިންވަރަކަށް އުފުލިއްޖެއެވެ.
ލަންކާގެ ބައެއް ނޫސްތަކުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި އެޤައުމުގައި ތަރުކާރީގެ އަގުތައް ވަނީ މި ފަހުގެ ތާރީހެއްގައި ދަށަށް ނުދާވަރަށް ދަށަށް ގޮސްފައެވެ. އެގޮތުން ސިޓީތަކުގެ އިތުރުން ވިލެޖް އޭރިއާތަކުގައިވެސް ތަރުކާރީގެ ބާވަތްތަކުގެ އަގުތައް ވަނީ ވަރަށްބޮޑަށް އުފުލިފައެވެ.
ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން އަގުތައް އެންމެބޮޑަށް އުފުލިފައިވަނީ ކެރެޓް، ބީންސް، ލީކްސް، ބަށި، ރެޑިޝް، އަދި ގްރީންޗިލީއެވެ. މީގެ ކުރިން 450 ރުޕީސްއަށް ލިބުނު ލީކްސް ކިލޯއެއް 2،800 ރުޕީސްއަށް ބޮޑުވިއިރު، 1،800 ރުޕީސްއަށް ލިބުނު ކެރެޓް ކިލޯއެއްގެ އަގު ވަނީ 2،800 ރުފިޔާއަށް ބޮޑުވެފައެވެ. އަދި 800 ރުޕީސްއަށް ލިބުނު ގްރީންޗިލީގެ އަގު ވަނީ 3،000 ރުޕީސްއަށް ބޮޑުވެފައެވެ.
ތަރުކާރީގެ ބާވަތްތައް ލިބުން ދަތިވުމާއެކު ގިނަ ބަޔަކު ވަނީ ސުޕަމާކެޓްތަކަށް ގޮސް އެތަކެތި ގަންނަން ކިއުހަދާފައެވެ. މާކެޓް ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ކުރިއަށް މިއޮތް ދުަވސްތަކުގައިވެސް ލަންކާގައިޮ ތަރުކާރީގެ އަގުތައް ދާނީ މައްޗަށެވެ. މީގެ މައިގަނޑު ސަބަބަކީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނޫރަލިއާފަދަ ސަހަރުތަކުގައި ހުރި ދަނޑުބިންތައް ހަލާކުވުމުގެ އިތުރުން އެ ސަރަހައްދުތަކުގެ މަގުތައް ހަލާކުވުމެވެ.
ސްރީލަންކާގައި ތަރުކާރީގެ އަގުތައް ރެކޯޑް މިންވަރަކަށް މައްޗަށް ހިނގައްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ