ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ތަރައްގީ ކުރާނަން: ސައްލެ

ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ހަދައި، ތަރައްގީ ކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް(ސައްލެ) ވިދާޅުވެއްޖެ އެވެ."ހޯރަފުށި ދުވަސް" ފާހަގަކުރަން އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާގައި ސައްލެ ވިދާޅުވީ ވިދާޅުވީ އިހަވަންދިއްޕޮޅުގެ ޕޯޓުގެ ތަރައްގީ ކުރުމުގެ ހުވަފެން ރައްޔިތުން ދެކެމުންދާތާ އެތައް ޒަމާންތަކެއް ވެފައިވާ ކަމަށެވެ. އަދި ކުރީގެ ރައީސް ސާލިހުގެ ސަރުކާރު ނިމިގެން ދިޔައިރު، އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ފަންނީ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. ސަލީމް އިތުރަށް ވިދާޅުވީ ހޯރަފުށި ތަރައްގީ ކޮށްދެއްވޭނެ ކަމުގެ ޔަގީންކަން ރައީސް ސާލިހު ދެއްވި ކަމަށާއި، އެކަން މިއަދު ހަގީގަތަކަށް ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދެން އަންނަ ވެރިކަމެއް ގައި ޓްރާސްޝިޕްމަންޓު ޕޯޓު ހަދައި ތަރައްގީ ކުރާނެ ކަމަށެވެ. ސަލީމް ވިދާޅުވީ އުފަން ރަށަށް ހިދުމަތް ކުރުމުގެ ރޫހު އެބަހުރި ކަމަށާއި، ރަށުގެ ދަރީންނަށް މިއަދަށް ވުރެ މާ ރަނގަޅު މާދަމާއެއް ހޯދައިދޭނެ ކަމަށެވެ.އިހަވަންދިއްޕޮޅު ނޫނީ އައިހެވަން ފްރީޒޯން ކުންފުންޏާ ހަވާލުކުރަން މުއިއްޒު ސަރުކާރުން ނިންމެވިއިރު މީ 2014 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާނު ކުރި ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރަކާ އެކު، ބަނދަރުގެ ވިޔަފާރި އަށް ބޭނުންވާ އިތުރު ދާއިރާތަކެއް ހިމެނޭ މަޝްރޫއެކެވެ. އެ ތަނުގައި މުދާ އުފެއްދުމާއި ބަންދުކުރުމާއި ޕްރޮސެސްކުރުމާއި ގުދަންކުރުމުގެ އިތުރަށް، ބައިނަލްއަގުވާމީ ކްރޫޒް ފެސިލިޓީ އާއި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައް ވެސް ހިމެނެ އެވެ. ކުރީގެ ސަރުކާރުން ވެސް އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމުގެ މަސައްކަތް އިއުލާނުކުރި އެވެ. ނަމަވެސް ޔާމީންގެ ފަސް އަހަރު ނިމުނު އިރު ވެސް އެ ޕްރޮޖެކްޓްގެ މަސައްކަތެއް ނުފެށުނެވެ.ދެން އުފެދުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެކެވެ. ވައުދުވަމުން އައީ ވެރިކަން ހަވާލުކޮށްފި ނަމަ އިހަވަންދިއްޕޮޅު ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް އިގްތިސާދީ މަޝްރޫތައް ފައްޓަވާނެ ކަމަށެވެ. ނަމަވެސް ޔާމީންގެ ފަސް އަހަރު ފަދައިން ސޯލިހުގެ ފަސް އަހަރު ނިމުނު އިރު ވެސް އެ ޕްރޮޖެކްޓްގެ މަސައްކަތެއް ނުފެށުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ