އުމްރާ ވިސާގެ ދަށުން ސައުދީއަށް ދާން ލިބޭ މުއްދަތު 1 މަހަށް ކުރުކޮށްފި

ސައުދީ އަރަބިއްޔާއިން އުމްރާވެރިންނަށް ދޫކުރާ ވިސާގެ ދަށުން އެ ގައުމަށް އެތެރެވާން ލިބޭ މުއްދަތު ތިން މަހުން އެއް މަހަށް ކުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ސައުދީގެ ގެޒެޓުގައިވާ ގޮތުން، އާ އުމްރާ ސީޒަން މިދިޔަ ޖޫން މަހު ފެށުނު ފަހުން، އުމްރާއަށް ދޫކޮށްފައިވާ ވިސާގެ އަދަދު ހަތަރު މިލިއަނަށް ވުރެ އިތުރުވެފައިވެ އެވެ. މިއީ މިދިޔަ ސީޒަންއާ އަޅާބަލާއިރު ރިކޯޑު އަދަދެކެވެ. އެހެންވެ، ސައުދީގެ ހައްޖާއި އުމްރާ މިނިސްޓްރީން ވަނީ އުމްރާ ވިސާގެ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފަ އެވެ.
ތަފްސީލް - އާ އިސްލާހުތަކުގެ ދަށުން:
އެއް މަސްދުވަހަށް ކުރުކުރީ، މީގެ ކުރިން ސައުދީއަށް ދިއުމަށް ތިން މަސްދުވަސް ލިބޭ ގޮތަށް ދޫކުރަމުން އައި އެންޓްރީ ވިސާ؛ އެހެންވެ، ވިސާ ދޫކުރާތާ އެއް މަސް ތެރޭގައި އެ ވިސާގެ ދަށުން ސައުދީއަށް ދެން ދާން ޖެހޭނެ 
އެންޓްރީ ވިސާގެ ދަށުން ސައުދީއަށް ދާން ލިބޭ މުއްދަތު މަހަކަށް ކުޑަކުރިޔަސް، ސައުދީއަށް އެތެރެވުމަށް ފަހު، އެ ގައުމުގައި މަޑުކުރެވޭ މުއްދަތަށް ބަދަލެއް ގެނެސްފައެއް ނުވޭ؛ އެހެންކަމުން، ސައުދީއަށް އެތެރެވުމަށް ފަހު އެ ގައުމުގައި އުމްރާވެރިންނަށް ތިން މަސްދުވަހަށް މަޑުކުރެވޭނެ
ނޭޝަނަލް ކޮމިޓީ ފޯ އުމްރާ އެންޑް ވިޒިޓްގެ އެޑްވައިޒަރު އަހުމަދު ބާޖާއިފަރު ވިދާޅުވި ގޮތުގައި، އެ ބަދަލުތައް ގެނައީ މި ސީޒަންގައި އުމްރާވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ގައުމަށް ވަނުމުގެ ކަންކަން އަމާން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމުގެ އިތުރުން، ދެ ހަރަމްފުޅުގައި ދިމާވާނެ ތޮއްޖެހުން ހުއްޓުވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ