ގިނަ އަދަދެއްގެ ބަނގުރަލާއިއެކު ހުޅުމާލެއިން ދެމީހަކު ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކޮށް އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެމީހުން ހައްޔަރުކޮށްފި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ފުލުހުން އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، ދޯދިލް / ފ. ފީއަލި، މައިޝަމް މުޙައްމަދު (20އ) އާއި، ކުޅުދޫ. ގުލްފާމްގެ / ނ. ކެނދިކުޅުދޫ، ޒަޔާން ޔޫސުފް (23އ) ކަމަށެވެ. މި ދެމީހުން ހައްޔަރުކުރެވުނީ، މެއި 21 ވަނަދުވަހު، ހުޅުމާލެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް، ހުޅުމާލެ މޭރީބްރައުން ކައިރިން މި ދެމީހުންނާއި މެދު ޝައްކުވެގެން ހުއްޓުވައި ބަލާ ފާސްކުރުމުން، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 48 ފުޅި ނުވަތަ ދެ ކޭސް ފެނިގެން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ހަތްދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ