މިހަފްތާގެ ނިޔަލަށް ވިއްސާރަކުރާނެ: މެޓް

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރާގައި މިހަފްތާގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ ޢިދާރާއިން ބުނެފިއެވެ.
ވީނިއުސްއަށް މަޢުލޫމާތުދެއްވަމުން މޫސުމާބެހޭ ޤަޢުމީ ޢިދާރާއިން ބުނީ މިހަފްތާގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށާއި އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައިޖެހޭނީ ހުނޅަގާއި ހުޅަނގު އުތުރުން 3 މޭލާއި 13 މޭލުގެ ބާރުމިނެއްގައި ކަމަށްވެސް މޫސުމާބެހޭ ޤަޢުމީ ޢިދާރާއިން ބުންޏެވެ.
ވިއްސާރަކުރިނަމަވެސް ރާއްޖޭގެ ކަނޑުތައް މަޑުވާނެ ކަމަށްވެސް މޫސުމާބެހޭ ޤަޢުމީ ޢިދާރާއިން ބުނެއެވެ.
މޫސުމާބެހޭ ޤަޢުމީ ޢިދާރާއިން ބުނީ މިހާރު ކުރަމުންމިދާ ވިއްސާރައަކީ އާދަޔާ ޚިލާފު އެއްވެސްކަމެއް ފާހަގަވެފައިވާ ވިއްސާރައެއްނޫން ކަމަށާއި މިއީ ކޮންމެ އަހަރަރެއްގެވެސް ހުޅަނގު މޫސުން ނިމި އިރުވައިމޫސުން ފެށޭތީ ކުރާ ދެ މޫސުން ބައްދާ ވިއްސާރައެއް ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބ. މާޅޮހުގައި ފެންބޮޑުވުމުގެ ސަބަބުން ރޭ އެމްއެންޑީއެފުން ވަނީ އެރަށުގައި ފެން ހިއްކުމުގެ މަސައްކަތްކޮށްފައެވެ.
ބޯކޮށްވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މިއަދުު ހެނދުނު މެޓް އޮފީހުންވަނީ ހއ އަތޮޅުންފެށިގެން ވ އަތޮޅާއި ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ