މިދިޔަ އާދީއްތަ ދުވަހު ބާރަށް ދުއްވި ސައިކަލަކުން މަގު ހުރަސް ކުރަން މަސައްކަތް ކުރި މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާ މިއަދު ވެންޓިލޭޓަރުން ނަގައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ 40 އަހަރުގެ މީހާ ވެންޓިލޭޭޓަރުން ނަގައި، އަދިވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ ވޯޑުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެކްސިޑެންޓުގައި ސައިކަލު ދުއްވި ޔޫސުފް އަލްސަން މުހައްމަދު، 17، އެކްސިޑެންޓުވި ރޭ ވަނީ ނިޔާވެފަ އެވެ.
އަލްސަން ދުއްވި ސައިކަލު ގޮސް ޖެހުނީ ބޮޑުތަކުރުފާނު މަގު މާފަންނު ބަސް ޓާމިނަލް ކުރިމަތީ ޒިބްރާ ކްރޮސް އިން މަގު ހުރަސް ކުރަން މަސައްކަތް ކުރި އުމުރުން 40 އަހަރުގެ މީހެއްގެ ގައިގަ އެވެ. އެއީ ދުވަން ނުކުމެ އުޅުނު މީހެކެވެ.
އަލްސަންއަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅެވެ.
އެކްސިޑެންޓު ހިނގި މަންޒަރުގެ ސީސީޓީވީ ފުޓޭޖު ލީކުވެފައިވާއިރު އޭގެއިން ފެންނަނީ ދުވަން ނުކުމެ އުޅުނު މީހާ ޒިބްރާ ކްރޮސްއަށް އެރި ފަހުން ސައިކަލު ބާރަށް އައިސް އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ. ސައިކަލުން ނެއްޓެންވެގެން ތަންކޮޅެއް ބާރަށް ކުރިއަށްދާން އޭނާ މަސައްކަތް ކުރި އެވެ.
ދުވަން ނުކުމެ އުޅުނު މީހާގެ ގައިގައި ސައިކަލުން ޖެހުމުން އޭނާ ވިއްސައިގެން ގޮސް ޖެހުނީ ބިންމަތީގަ އެވެ. ސައިކަލު ޖެހުނީ ކުރިމަތިން އައި ޕިކަޕުގަ އެވެ.
ބޮޑު އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުން ނަގައިފި ބޮޑު އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުން ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ