ބީއެމްއެލް ވާއު ކިޑްސް ރަން މި އަހަރު އޮންނާނީ ސެޕްޓެންބަރު މަހު
ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ 'ބީއެމްއެލް ވާއު ކިޑްސް ރަން' އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމައި އެކަން އިއުލާންކޮށްފިއެވެ. ބީއެމްއެލްއިން ބުނީ އެ ރޭސް އޮންނާނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ. އެ ދުވުމުގައި ބައިވެރިވާން ރެޖިސްޓްރޭޝަނަށް ހުޅުވާލައިފައިވާއިރު، މި އަހަރުގެ ރޭހުގައި ދެ އަހަރާއި ތިން އަހަރުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާ އެކު ދުވާނީ އެއް ކިލޯ މީޓަރަށެވެ. އަދި ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާ އެކު ދުވާނީ ދެ ކިލޯ މީޓަރަށެވެ. އަށް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިން ދުވާނީވެސް ބެލެނިވެރިންނާ އެކުގައެވެ. މި ދުވުމުގައި ހަތް އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރާއަށް ތިން ކިލޯމީޓަރު ހަމަޖެހިފައިވާއިރު ބޭނުންނަމަ ބެލެނިވެރިއަކާއެކުވެސް ދުވެވޭނެއެވެ. ދިހަ އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ހަތަރު ކިލޯމީޓަރު ދުވުމުގެ ފުރުސަތު ލިބޭއިރު 10 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ދުވުން ކުރިއަށް ދާނީ ޓައިމްކޮށްގެންނެވެ. ބީއެމްއެލް ވާއު ކިޑްސް ރަން" އަކީ މަޖާ ހަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެ ސްޓޭޝަންތަކާއެކު ބާއްވަން ހަމަޖެހިފައިވާ ދުވުމެކެވެ. މިއީ މި ދުވުން ބާއްވާ 10 ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ