ރައީސް އޮފީހުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މުޝީރު ކަމަށް އައްޔަންކުރެއްވި ކުރީގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް، މަގާމާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނައިރުތަކެއް ނުވެ އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ.
އޭނާ ރައީސް އޮފީހުގެ މުޝީރަކަށް އައްޔަން ކުރީ އިއްޔެ އެވެ. އެހެން ނަމަވެސް، ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ސޯޝަލް މީޑިއާގައި އިއުލާން ކުރެއްވި ގޮތުގައި އާދަމް ނަސީރު ވަނީ މިހާރު އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ.
ދިވެހިބަހާއި ޤައުމިއްޔަތާއިބެހޭ ޚާއްސަ މުޝީރު އާދަމް ނަސީރު އިބްރާހީމް އެމަޤާމުން އިސްތިއުފާ ދެއްވައިފި.@mundhu_maldives @thefeed_mv— Mohamed Hussain Shareef (@MvSpokesperson) June 9, 2026
ހާއްސަ މުޝީރުގެ މަގާމަށް އާދަމް ނަސީރު އައްޔަން ކުރެއްވިއިރު، ކެބިނެޓުން އޭރު އިސްތިއުފާ ދެއްވި އެހެން ބައެއް ބޭފުޅުން އެކި މަގާމުތަކަށް އައްޔަން ކުރައްވާފައިވެ އެވެ.
އެގޮތުން ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އަބްދުﷲ ނާޒިމް ރައީސް އޮފީހަށް މިނިސްޓަރުގެ މަގާމަށް ވަނީ އައްޔަން ކުރައްވައިފަ އެވެ. އަދި ލޯކަލް ގަވަމަންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަށް އަދި ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރު ކަމަށް އައްޔަންކުރަން ވަނީ ނިންމާފައެވެ.
އާދަމް ނަސީރު މަގާމަށް އައްޔަނުކުރެއްވިތާ މާ ގިނައިރެއް ނުވެ އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ