އާ ފިނޭންސް މިނިސްޓަރު ޒަރީރަކީ ކާކު؟

ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަގާމަށް ހަސަން ޒަރީރު އައްޔަން ކުރައްވައިފަ އެވެ.
ޒަރީރު މީގެ ކުރިން ހުންނެވީ ޓެކްސް ކޮމިޝަނަރުގެ މަގާމުގަ އެވެ.
އޭނާއަކީ މާލީ އަދި ޓެކްސްގެ ދާއިރާގައި ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އަިދ ދައުލަތުގެ އެންމެ މަތީ މާލީ އިދާރާތަކުން ފެށިގެން ބޭންކުތަކާއި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ވެސް އެފަދަ މަގާމްތައް އޭނާ ފުރުއްވި އެވެ.
ތައުލީމީ ހަޔާތް
ޒަރީރު މާލީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރެއްވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް) އިންނެވެ. އެ ޔުނިވާސިޓީން އޭނާ ވަނީ ބެޗްލާ އޮފް އެކައުންޓިން އަދި މާސްޓާ އޮފް ސައިންސް އިން ފައިނޭންސް ފުރިހަމަކުރައްވައިފަ އެވެ.
މީގެ އިތުރުން، އޭނާއަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ފަންނީ ސަނަދުތައް ކަމަށްވާ އިނގިރޭސިވިލާތުގެ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ، ސީޖީއެމްއޭ) އަދި އަދި އޮސްޓްރޭލިއާގެ ސީޕީއޭ ހާސިލްކުރައްވައިގެން ހުންނެވި މާލީ ދާއިރާގެ މާހިރެކެވެ.
މަސައްކަތްތަކުގެ ޓައިމްލައިން
1. ދައުލަތުގެ މާލީ ދާއިރާ އަށް ހިދަމަތް ކުރަން ފެއްޓެވުން:
2007-2010
މަތީ ތައުލީމަށްފަހު ދައުލަތުގެ މާލީ ނިޒާމުގެ ތެރެއަށް ޒަރީރު ގުޅިވަޑައިގަތީ މިނިސްޓްރީ އޮފް ފައިނޭންސްގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވް ގެ މަގާމުންނެވެ. މި ދުވަސްވަރު އޭނާ ވަނީ ދައުލަތުގެ އެކައުންޓިން ނިޒާމު ހަރުދަނާކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
2. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނާ:
2010-2019
އަލަށް ތައާރަފްކުރި ޒަމާނީ ޓެކްސްގެ ނިޒާމާއެކު، މީރާ އުފެދުމުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭނާ އައްޔަންކުރެވުނީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ގެ މަގާމަށެވެ. މި މަގާމުގައި ނުވަ އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވި އެވެ.
3. ވިލާ ގްރޫޕް:
2019-2024
ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު ދެން އޭނާ ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ޑިރެކްޓާ އޮފް ފައިނޭންސް އަދި ގްރޫޕް ޗީފް ކޮމްޕްލަޔަންސް އޮފިސަރު ގެ މަގާމްގަ އެވެ.
4. ބީއެމްއެލްގެ ޗެއާމަން:
މާޗު 2024 - މެއި 2024
އޭނާ ވަނީ މި ސަރުކާރުގައި ބީއެމްއެލްގެ ޗެއާމަންގެ މަގާމަށް ވެސް އައްޔަން ކުރައްވައިފަ އެވެ. ނަމަވެސް އެ މަގާމުގައި ހުންނެވީ ދެ މަހުގެ މުއްދަތަކަށެވެ. އެަށް ފަހު ބޯޑުން ވަކިވެވަޑައިގަތެވެ.
5. ޓެކްސް ކޮމިޝަނަރު:
2024-2026
ބީއެމްއެލްގައި ހޭދަ ކުރެއްވި ކުރު މުއްދަތަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާ އައްޔަން ކުރެއްވީ މީރާގެ އެންމެ އިސްވެރިޔާ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ގެ މަގާމަށެވެ.
އެހެނިހެން މަގާމްތައް
ސްޓޭޓް އިލެކްޓްރިސިޓީ ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބޯޑް މެންބަރުކަންމޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބޯޑް މެންބަރުކަންމޯލްޑިވްސް ޕޯސްޓް ލިމިޓެޑް ބޯޑު މެންބަރުކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ