ރާއްޖެއަށް އައި އިރު ބޫޓެއްގެ ތެރޭގައި ޑްރަގް އެތެރެކުރި އިންޑިއާ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
ސޫރަޖް ކަރުވާރު، 30، ހައްޔަރުކޮށްފައިވަނީ އޭނާގެ ލަގެޖް ބަލައި ފާސްކުރި އިރު އޭގެ ތެރެއިން ނެގި ކޮތަޅެއްގައި އޮތް ދެ ޓެނިސް ބޫޓު ކިބައިގެ ތެރޭގައި މަސްތުވާތަކެތި ހުރުމުންނެވެ.
މި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށް ކޯޓުން މިއަދު ނެރުނު އަމުރުގައިވާ ގޮތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވުނު ދެ ޕެކެޓްގައި ހުރި އެއްޗެހި ވަނީ ޓީއެޗްސީއަށް ފޮޒިޓިވް ވެފަ އެވެ.
ބަންދަށް ފަސް ދުވަސް ދީފައި ވަނީ ދައުލަތުގެ ވަކީލެއްގެ ފުރުސަތަށް އޭނާ އެދިފައި ވާތީ، ކުރު މުއްދަތެއް ދިނުމުގެ ގޮތުން ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ތުހުމަތުކުރެވެނީ މަސްތުވާތަކެތީގެ ބޮޑު މައްސަލައަކަށް ކަމަށް އަމުރުގައި ބުނެފައި ވިޔަސް އެ މީހާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ބުނެފައެއް ނުވެ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި މި ފަހުން އިންޑިއާގެ މީހުން ވަނީ އިތުރުވެފަ އެވެ. އެ މައްސަލަ ބޮޑުވެ އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކަންބޮޑުވުން ފާޅުކޮށް ހާއްސަ އެޑްވައިޒަރީއެއް މިދިޔަ މަހު ނެރެފައިވެ އެވެ.
އެ މަހު ވެސް އިންޑިއާގެ ދެ އަންހެނަކު 2.17 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަދި އިންޑިއާގެ އަންހެނަކާއި ފިރިހެނަކު 2.4 ކިލޯގެ ޑްރަގާ އެކު ވެލާނާ އެއާޕޯޓުން ހައްޔަރުކުރި އެވެ.
މާޗް މަހު ވެސް އިންޑިއާގެ ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ ވަކި ތިން މައްސަލައެއްގަ އެވެ.
The most trusted news source in the Maldives
ވެލާނާ އެއާޕޯޓުން އަތުލައިގަތް އެ މީހުންގެ ތެރެއިން ފުރަތަމަ ދެ މީހުންގެ އަތުން 6.7 ކިލޯ ގްރާމްގެ ހަޝިޝް އޮއިލް ފެނިފައި ވާއިރު ދެން ހައްޔަރުކުރި ދެ މީހުންގެ އަތުން 1.83 ކިލޯގެ ހަޝިސް އޮއިލް ފެނުނެވެ. މިދިޔަ މަހު ދެން އިންޑިއާ މީހަކު ހައްޔަރުކުރީ ވައިގެ މަގުން އައްޑުއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށެވެ. އެ މީހާގެ އަތުން ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެ އެވެ.
މަސްތުވާތަކެތީގެ ކުޑަ މިންވަރެއް އަތުން ފެނުނަސް ބޮޑެތި އަދަބުތައް ލިބޭއިރު، ސީރިއަސް ކުށްތަކަށް އުމުރަށް ޖަލަށްލުމާއި މަރުގެ އަދަބު ވެސް މިހާރު ވަނީ ގާނޫނުގައި ހިމަނައިފަ އެވެ.
މިދިޔަ
އަަހަރުގެ ޑިސެމްބަރު މަހު މަސްތުވާތަކެތީ ގާނޫނަށް ގެނައި އިސްލާހުގައިވާ
ގޮތުން މަރުގެ އަދަބު ކަނޑައެޅޭ މަސްތުވާތަކެއްޗާއި ބަރުދަން:
މިފަދަ މައްސަލައެއްގައި އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެ ނަމަ އެ
ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތް
މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ޖެހެ އެވެ.
ބޫޓު ތެރޭ ޑްރަގް ފޮރުވައިގެން އައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ