މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި އަދި ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ވެސް އީދު ނަމާދުކުރުން ބޮޑު ޖަމާއަތުގައި އޮންނާނެއެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރާނީ މާފަންނަނު ސްޓޭޑިއަމްގައެވެ. އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރުން ސިންތެޓިކް ޓްރެކްގެ އިތުރުން ފޭސް 2ގެ މަސްޖިދު ހަސަން އާދަމް އާ ނިރޮޅުމަގާ ހީނާމާހިނގުމާ ފޭރުގަސްމަގާ ދުބުރިގަސް މަގާ އެއް އިންކޮށް އޮންނަ ހުސްބިމުގައި ބާއްވަން ހަމަޖެހިފައިވާއިރު ވިލިމާލޭގެ އީދު ނަމާދު އޮންނާނީ ބޯޅަދަނޑުގައެވެ.
އެހެން ނަމަވެސް ވިއްސާރަވުމުގެ ސަބަބުން ބޮޑު ޖަމާޢަތުގައި ކުރާ ނަމާދު ކެންސަލްވެއްޖެނަމަ، އީދު ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މާލެ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައެވެ.
އީދު ނަމާދަށް ދާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން މިނިސްޓްރީން އަބަދުވެސް ހަނދާން ކޮށްދެއެވެ. އެގޮތުން ގެއިން ވުލޫއު ކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލަ އާއި ފެންފުޅި ގެންދިއުމަށް ސަމާލުވުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ. މި އަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 27 ވަނަ ދުވަހެވެ. އީދު ނަމާދު ކުރަން ފަށާނީ ހެންދުނު 07:00 ގައެވެ.
މާލެ ސަރަހައްދުގެ 25 މިސްކިތަކާއި ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ