ސިޙުރު ހަދާ މީހެއްގެ ފަހަތުގަ ނަމާދު ޞައްޙަވާނެތަ؟

[ ސިޙުރު ހެދުމަކީ ޝިރުކުރުކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ހެޔޮލަފާ މީހުން ކަމުގައި ފެންނަ ބައެއް މީހުންވެސް ސިޙުރު ހަދާކަން އެބައެނގެއެވެ. އެއީ ކިތަންމެ ހެޔޮލަފާ މީހެއްކަމުގައި ހީކުރެވުނަސް ސިޙުރު ހަދާ މީހެއްގެ ކިބައިގައި އެއްވެސް ހެޔޮކަމެއް ނެތެވެ.
މިބަސްފުޅަށް ވިސްނަވައިލައްވާށެވެ!
ކަނޑައެޅިގެން އެމީހަކީ ސިޙުރު ހަދާ މީހެއްކަމަށް ސާބިތުވާ ކަމުގައި ވާނަމަ އެމީހެއްގެ ފަހަތުގައި ނަމާދު ޞައްޙައެއް ނުވާނެއެވެ.
ނަމަވެސް ފަންޑިތަ ހަދާ މީހަކާއިމެދު އެމީހަކު ހަދަނީ ކޮންބާވަތެއްގެ ފަންޑިތައެއް ތޯ ބަލަން ޖެހޭނެއެވެ. އެއީ އެމީހާ އެހަދަނީ އިސްލާމް ދީނުގައި ހުއްދަ ކުރައްވާފައިވާ 'ރުޤްޔާ' ތައް ކަމުގައި ވާނަމަ އެމީހެއްގެ ފަހަތުގައި ނަމާދު ޞައްޙަ ވާނެއެވެ. އަދި އޭނާ ހަދާ ފަންޑިތަ އެއީ ޝިރުކުގެ ދަރަޖައަށް ދާކަމަކަށް ނުވާނަމަ އެމީހެއްގެ ފަހަތުގައިވެސް ނަމާދު ޞައްޙަ ވާނެ ކަމަށް ޢިލްމުވެރިން އިއްތިފާޤު ވެލައްވައެވެ.
އެންމެ ބޮޑުވަރަކަށް ވެސް އެފަދަ މީހެއްގެ ފަހަތުގައި ކުރާ ނަމާދު ދާނީ މަކުރޫހަ ދަރަޖައަށެވެ. ބާޠިލު ދަރަޖައަކަށް ނުދާނެއެވެ. والله أعلم
--ޝައިޚް އިލްޔާސް ޙުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ