އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރާއްޖެ އަތުވެއްޖެނަމަ ހައްޔަރުކުރުމާ ގުޅޭ ގޮތުން ރޭ ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި އެކްސް ޕޯސްޓު ޑިލީޓް ކޮށްފައިވަނީ ރައީސް މުއިއްޒު އެ އެކްސް ޕޯސްޓު ޑިލީޓް ކުރުމަށް އަންގައިވެގެންކަމަށް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ލިބިއްޖެއެވެ.
އެނގިފައިވާ ގޮތުގައި ނަތަންޔާހޫ ހައްޔަރުކުރާނެކަމަށް އިހުސާން ވިދާޅުވުމުން އެކަމާ ރައީސް މުއިއްޒުވަނީ ކޯފާ އިސްކުރައްވާފައެވެ.
ނަތަންޔާހޫއާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އެކްސްގައި ޕޯސްޓު ކުރެއްވީ ނަތަންޔާހޫ ހައްޔަރުކުރަން ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން ރާއްޖޭގެ މީޑިއާއަކުން ރިޕޯޓްކުރި ހަބަރަކާ ގުޅިގެން ނެވެ.
އެގޮތުން ނަތަންޔާހޫ ރާާއްޖެ ވަޑައިގެންފިނަމަ ހައްޔަރުކުރާނެތޯ ސުވާލު ކުރުމުން މިނިސްޓަރު ހަނު ހުންނެވިކަމަށް އެ ނޫހުން ރިޕޯޓްކުރުމުން އެއަށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ އިންޓަރނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޒުކުރާނެ ގައުމެއް ކަމަށެވެ.
ނަމަވެސް ފަހުން އެ އެކްސް ޕޯސްޓު މިނިސްޓަރު ވަނީ ޑިލީޓް ކުރައްވައިފަ އެވެ. އެހެންވެ މިނިސްޓަރ އިހުސާނަށް ވަނީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފަ އެވެ.
ނަމަވެސް މިނިސްޓަރު އިހުސާން މިއަދު އެކްސްގައި ވަނީ އެ ޓުވީޓު ޑިލީޓްކުރެއްވި އޭނާގެ އެކްސް ޕޯސްޓުގައި މީޑިއާއަކަށް ނިސްބަތްކޮށް އެއްޗެއް ބުނެވިފައި އޮތުމުންކަމަށް ވިދާޅުވެ ދޮގު ހައްދަވާފައެވެ.
“ރޭގަ އަޅުގަނޑު އެކްސްގައި ކުރި ޕޯސްޓް ޑިލީޓުކުރީ ބައެއް ހެޔޮއެދޭބޭފުޅުން އެޓުވީޓުގައި މީޑިއާއަކަށް ނިސްބަތްކޮށް އަޅުގަނޑު ބުނި ވާހަކައަކީ ރަސްމީ ހައިސިއްޔަތުން ބުނަން އެންމެ ރަނގަޅުވާހަކައެއްކަމަށް އެބޭފުޅުން ނުދެކޭކަމަށް ބުނުމުން. އެއްވެސް ހާލެއްގަ ޕޯސްޓުގައިވާ ސްޓޭޓްމަންޓް އަދި ރާއްޖޭގެ ސިޔާސަތު ބަދަލުވުމަކުންނެއްނޫން. މިކަން މީސްމީޑިއާގައި މީހުންނަށް އޮޅޭގޮތަށް ފަތުރަމުންދާތީ ސާފުކޮށްދެން.”
މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
އިސްރާއީލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް އެތައް ރައްޔިތުންނެއް އެދި ގޮވަމުންދިޔަ ނަމަވެސް މުއިއްޒު ވަނީ މިހާތަނަށް އިސްރާއީލުގެ ގާތިލުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ދެކޮޅު ހައްދަވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީގައި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ ބިލް, މުއިއްޒުގެ އެންގުމަށް ޕާކު ކޮށްފައި އޮންނަތާ މިހާރުވަނީ 4 މަސްދުވަސް ފާއިތުވެގެން ގޮސްފައެވެ.
އަދި ޢައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި ފަލަސްތީނުގެ 45,0000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެގެންދިޔަ އިރުވެސް, އެކި އުޒުރިތައް ދައްކާ, ރައީސް މުއިއްޒު ގެންދަވަނީ އިޒްރޭލުގެ ގާތިލުންނަށް ރާއްޖެ އެތެރެ ވުމުގެ ދޮރު ތަންމިނަށް ހުޅުވާފައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.
މި ސަރުކާރުން ދަނީ ބޭރުގެ ބާރުތަކުގެ އުނގަށް ވެއްޓި, ރާއްޖޭގެ ދީނާއި މިނިވަންކަން ގުރުބާން ކުރަމުންނެވެ. އެގޮތުން ރައްޖޭގެ ކަނޑުގައި ޖާސޫސް ކުރުމުގެ ބާރު ޗައިނާއަށް ދޫކޮށް, އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒަށް ދީލާލައި, އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ރައްޔިތުން އުފުލަމުންދާ އަޑުތަކަށް މުއިއްޒު ދަނީ ބީރުކަންފަތެއް ދެމުންނެވެ.
ހަގީގަތުގައިވެސް, ޣައްޒާގެ ރައްޔިތުންގެ އިހުސާސްތަކާއި, އެ ސިޓީގައި ހިންގަމުންދާ ގަތުލުއާންމުތަކަށް ދެލޯ މަރާލުމަށްފަހު, އިސްރާއީލުގެ ގާތިލުން ރާއްޖެއަށް ދޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި, އެމީހުންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައިގެން މުއިއްޒުއަށް ކަހާތަން ހިރުވާވެސް ނުލާ ހުރެވެނީ އަގަލެއް ކުލުނެއް ނެތުމުންނެވެ.
ރާއްޖޭގައި ހިންގަމުންދާ އިޒްރާއީލުގެ ފުޑް ޗެއިންތަކުން ލިބޭ މަދު ފައިސާކޮޅެއްގެ ދަތިވެތިކަމުގައި އެތަންތަނަށް ފިޔަވަޅު ނާޅާ މުއިއްޒުއަށް ހުރެވެނީ ތިމާއަކީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް މީހަކަށް ވާތީއެވެ. މިއީ މުއިއްޒު ދީނާއި ގައުމަށްވަމުންދާ ބޮޑު ޚިޔާނާތެކެވެ.
ރާއްޖެ އަތުވެއްޖެނަމަ ނަތަންޔާހޫ ހައްޔަރު ކުރާނެކަމަށް ވިދާޅުވެ އިހުސާން ކުރެއްވި އެކްސްޕޯސްޓު ޑިލީޓް ކުރީ އިންސާނިއްޔަތުކަމެއް ނެތް މުއިއްޒު އަންގަވައިގެން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ