ސިކުނޑި ހަމަނުޖެހޭ އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ފުލުހުން މައްސަލަ ބަލަމުންދާ ފިރިހެނަކު މަރުވުމުން ތ. މަޑިފުށީގައި ރޭ މުޒާހަރާކޮށްފި އެވެ.
ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި، މިދިޔަ އާދިއްތަ ދުވަހު ފިރިހެން މީހާ ރޭޕް ކުރި ކަމަށް ބުނަނީ 40 އަހަރުގެ އަންހެނެކެވެ. އަދި ފުލުހުން އެ މައްސަލަ ބަލަން ފެށުމާ އެކު، 63 އަހަރުގެ ފިރިހެން މީހާ އިއްޔެ ރޭ ވަނީ އަމިއްލައަށް މަރުވެފަ އެވެ.
ތަފްސީލް - އެކަމަކު ފިރިހެން މީހާ މަރުވީ އޭނާގެ ބޮލުގައި އެޅުވި ދޮގު އިލްޒާމެއްގެ ސަބަބުން ކަމަށް ބުނެ، އޭނާގެ އާއިލާގެ މީހުންނާއި ދަންނަ ބައެއް މީހުން އިއްޔެ ހަވީރާއި ރޭ ވަނީ އެ ރަށުގައި މުޒާހަރާކޮށްފަ އެވެ. އަދި އަންހެން މީހާގެ ގޭދޮށަށް ވެސް އެއްވެ، އަޑުގަދަކޮށް ހެދި އެވެ.
އަންހެން މީހާގެ އާއިލާއިން ބުނި ގޮތުގައި:
ރޭޕް ކުރި ކަމަށް ބުނަނީ، ގޭގައި އިތުރު މީހަކު ނޫޅޭ ވަގުތެއްގައި ގެއަށް ވަދެ އެކަން ކުރުމުން
އެކަން ހިނގުމާ އެކު ފުލުސް އޮފީހަށް ދިޔައީ ވެސް އަންހެން މީހާ އެކަނި
އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުން، ވަރަށް ބޮޑަށް ޖިންސީ އަނިޔާކޮށްފައި ހުރި ކަމަށް ބުނި
އެ މައްސަލައިގައި ފިރިހެން މީހާ ވަނީ އެ ދުވަހު ހަވީރު ފުލުހަށް ގެންގޮސް ބަޔާން ނަގާފަ އެވެ. އެކަމަކު ދޫކޮށްލުމާ އެކު ދެން އޭނާ ރަށުތެރެއިން ފެނުނީ ވާގަނޑެއް ހިފައިގެން އުޅެނިކޮށެވެ. އަދި އެކަން ބައެއް މީހުން ފުލުހުންނަށް އަންގައި ސަމާލުކަމަށް ގެނައި ކަމަށްވެ އެވެ.
އޭނާ މަރުވެފައި ހުއްޓާ ފެނުނީ އެ ރެ އެވެ.
"އާއިލާއިން ރުޅި އައީ އޭނާ އަމިއްލައަށް އެ ކަހަލަ ކަމެއް ކުރަން އުޅޭކަން ފުލުހަށް އެންގި ނަމަވެސް އެކަމަށް އަޅާނުލުމުން،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފަހުން އެ އާއިލާގެ މީހުން އެއްވީ، އަންހެން މީހާގެ ގެ ކައިރިއަށެވެ. އަދި އެ މަރުގެ ޒިންމާ އަންހެން މީހާ ނަގަން ޖެހޭނެ ކަމާއި އޭނާ ރަށުން ބޭލުވުމަށް ގޮވި އެވެ.
"ދައްތައަކީ އެންމެ ކުޑައިރުއްސުރެ ސިކުނޑި ހަމަނުޖެހޭ މީހެއް. އެކަން މި ރަށުގެ އެންމެންނަށް ވެސް އެނގޭނެ. އެކަމަކު އެއީ ދައްތަގެ ރުހުމުގައި ކުރި ކަމެކޭ ކިޔައިގެން އެ މީހުން އަޑު އުފުލީ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ، ރޭޕްގެ ތުހުމަތުވި މީހަކު މަރުވިކަން ޔަގީންކޮށްދީފަ އެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް އެ މެސެޖުގައި ބުނެފައިވެ އެވެ.
ރޭޕްގެ ތުހުމަތުވާ މީހަކު މަރުވުމާ އެކު މަޑިފުށި ހަލަބޮލިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ