މޯލްޑިވްސް 2.0ގެ ދަށުން އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކޮށްފި

’މޯލްޑިވްސް 2.0‘ ގެ ދަށުން، މޯލްޑިވްސް އިމިގްރޭޝަންގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒްކޮށްފިއެވެ.
މިކަން ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި އިމިގްރޭޝަންގެ އާ މޮބައިލް އެޕާއި ފޭޝަލް ރިކޮގްނިޝަން އެޕްގެ އިތުރުން ދި ”އީ-ވިސާ“ ތައާރަފުކޮށްފައިވެއެވެ.
އެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއި އިިމިގްރޭޝަންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިމިގްރޭޝަންގެ މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނ،ް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހުއެވެ.
މިއީ ޒަމާނާ އެއްގޮތައް އެއްތަނަކުން ފަސޭހައިން ކޮންމެ މީހަކަށްވެސް ބޭނުން ކުރެވޭނެހެން ފަރުމާކޮށްފައިވާ އެޕެކެވެ.
ފޭޝަލް ރިކޮގްނިޝަން އެޕް“އެމް އައިޑީ ޗެކާ“ އަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މޯލްޑިވްސް 2.0ގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އަދި މުޅިން އަލަށް ތައާރަފުކުރި ”އީ-ވިސާ“ ގެ ހިދުމަތާއެކު ވިސާގެ ކަންކަން ކުރުމަށް މީގެ ކުރިން އިމިގްރޭޝަނަށް ދާން ޖެހޭ ޖެހުން ނިމުމަކަށް އައިސް، ފަސޭހަކަމާއެކު އޮންލައިންކޮށް އެ ހިދުމަތް ހޯދޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ