ގެ މުޒާހަރާގެ ތެރެއިން އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
މި މުޒާހަރާގައި ހަމަނުޖެހުން ހިންގައި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި ކަމަށް ބުނެ ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
އެ ޕާޓީން ބުނި ގޮތުގައި ހައްޔަރުކުރި މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ލޯކަލް ކައުންސިލްތަކުގެ ބައެއް މެންބަރުން އަދި ކައުންސިލްގެ ރައީސަކު ވެސް ހިމެނެ އެވެ.
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ:
މީގެ އިތުރުންއިތުރު ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ރާވާފައިވާ މުޒާހަރާ ހަލަބޮލިކޮށްލަން މަސައްކަތްކޮށްފައިވަނީ ފުލުހުން ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވެއެވެ. ފުލުހުން ގިނަ އަދަދެއްގެ ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން އެ ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިންގެ އިތުރުން ނޫސްވެރިންނަށްވެސް އެކަމުގެ އަސަރުކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.
މިރޭ ހައްޔަރުކުރި އެއްވެސް މީހަކަށް ގާނޫނީ ވަކީލެއްގެ ހައްގު ފުލުހުން ނުދޭ ކަމަށް، އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ބުންޏެވެ.
މުޒާހަރާ ނިންމާލީ ދަންވަރު 12:00 ޖެހި ފަހުންނެވެ.
މުޒާހަރާގެ ތެރެއިން އަށް މީހަކު ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ