ބާންލީ ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ބާންލީ ބަލިކުރުމަށްފަހު އާސެނަލް ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ.
ބާންލީގެ ދަނޑުގައި ކުޅުނު މިމެޗް، އާސެނަލުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ. މެޗްގައި އާސެނަލަށް ގޯލް ހުޅުވާލަދިނީ 14 ވަނަ މިނެޓް ތެރޭގައި ގިޔޮކޯރެސްއެވެ. މެޗްގައި އާސެނަލުން ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ، 2023 ވަނަ އަހަރު ބޮޑު އަގުގައި އެ ކްލަބަށް ގެންދިޔަ ޑެކްލަން ރައިސްއެވެ. 
މިމެޗްގައި މޮޅަށްކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ އާސެނަލުންނެވެ. އެޓީމުން ވަނީ ބާންލީކޮޅަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗުން އަސެނަލަށް ލިބުނު މޮޅާއެކު އެޓީމަށް ވަނީ ޕޮއިންޓް ތާވަލް އެއްވަނާގައި 7 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ލިވަޕޫލްވެސް ވަނީ އެސްޓަންވިލާ އާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށް މޮޅުނުވުމުގެ ސިލްސިލާ ނިމުމަކަށް އައިސްފައެވެ. އެސްޓަންވިލާގެ ޕާކްގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
އެސްޓަން ވިލާ ކޮޅަށް ލަނޑުޖެހުމަށްފަހު ލިވަޕޫލް ކުޅުންތެރިން... ފޮޓޯ: ލިވަޕޫލް
މެޗްގައި ލިވަޕޫލްގެ ސަލާހް ލަނޑެއް ޖަހާފައިވާއިރު ޕްރިމިއާ ލީގްގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ އެޓީމަށް ޖަހައިދިން ލަނޑުގެ އަދަދު 250 ހަށް އަރާފައެވެ. ސަލާހް ހިމެނެނީ ލިވަޕޫލަށް އެންމެގިނައިން ލަނޑު ޖަހައިދިން ކުޅުންތެރިންގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ