ރައީސް ނަޝީދު ފިތުރު ޒަކާތް ދައްކަވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފިތުރު ޒަކާތް ދައްކަވައިފިއެވެ.
ފިތުރު ޒަކާތް ދައްކެއްވުމަށް ފަހު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ ނިކަމެތިން މަތިން ހަދާން ކޮށް ފިތުރު ޒަކާތް ދެއްކުމަށް ހަނދުމަކޮށްދެއްވާފައެވެ.
މިއަހަރު އައްޑޫސިޓީގެ އަވަށްތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1440(07 މެއި 2019)އަންގާރަ ދުވަހުންފެށިގެން 28 ރަމަޟާން 1440 (02 ޖޫން 2019) އާދީއްތަ ދުވަހުގެ ނިއަލަށް ކޮންމެދުވަހެއްގެ ހެނދުނު 9.30އިން މެންދުރު 12.00އަށެވެ.
1. އާދައިގެ ހަނޑޫ: -/12ރ (ބާރަ ރުފިޔާ)
2. ތައިލެންޑު ހުދު ހަނޑޫ: -/30ރ (ތިރީސް ރުފިޔާ)
3. ބާސްމަތީ ހަނޑޫ: /60ރ (ފަސްދޮޅަސް ރުފިޔާ)
4. ރަތް ހަނޑޫ : -/50ރ (ފަންސާސް ރުފިޔާ)
އާދައިގެ ފުށް : 12/- ރުފިޔާ (ބާރާ ރުފިޔާ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ