ގަވާއިދާ ހިލާފުވެގެން މިދިޔަ ހަފްތާގެ ތެރޭގައި 852 ވެހިކަލެއްގައި ސްޓިކާ ޖަހައިފި

ގަވައިދާ ހިލާފުވުމުގެ ސަބަބުން މިދިޔަ ހަފުތާތެރޭ 852 ވެހިކަލެއްގައި ސްޓިކާ ޖަހައިފި ކަމަށް ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ ހަފްތާއާ އަޅައި ބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ ހަފްތާގައި ގަވާއިދާ ހިލާފުވުމުގެ ސަބަބުން ސްޓިކާ ޖަހާފައިވަނީ 759 ވެހިކްލެއްގައެވެ.
ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 12 އިން 18 ގެ ނިޔަލަށް 852 ވެހިކަލެއްގައި ވަނީ ސްޓިކާ ޖަހާފައެވެ. އެގޮތުން މި ވެހިކަލްތަކުގައި ސްޓިކާ ޖަހައިގެން އެންމެ ފުރަތަމަ ސްޓިކާ ޖެހުމުން ދައްކަން ޖެހޭ 250 ރުފިޔާގެ މަގުން ޖޫރިމަނާގެ ގޮތުގައި 213،000 ލިބޭނެއެވެ.
މި މުއްދަތުގައި 44 އެކްސިޑެންޓް ހިނގައި 16 މީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ފުލުހުން ވަނީ އެކްސިޑެންޓުތަކާ ގުޅިގެން ހަތަރު މީހެއްގެ ލައިސަންސް ވެސް ހިފަހައްޓާފަ އެވެ.
ލައިސަންސް ނުލައި ވެހިކަލް ދުއްވުމުގެ 62 މައްސަލައަކާއި ލައިސެންސް ނެތި ދުއްވުމުގެ 113 މައްސަލައެއް ފުލުހުން ވަނީ ބަލައިފައެވެ. މީގެ އިތުރުން ޓްރެފިކް ނިޝާންތަކާ ހިލާފަށް ދުއްވުމުގެ 23 މައްސަލައެއް ފުލުހުން ވަނީ ބަލައިފައެވެ.
މި މުއްދަތުގެ ތެރޭގައި ޖުމުލަ 852 ވެހިކަލެއް ބަލައި ޗެކުކޮށް އިންޝުރެންސް އަދި ރޯޑް ވާދިނަސް ހަމަނުވާ 49 ވެހިކަލެއް ރިކޯޑުކުރެވިފައިވާ ކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ