ނިހާން މުލަކު ދާއިރާއަށް

2019 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލިމާލޭ ދާއިރާގެ މިހާރުގެ މެމްބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ކުރިމަތި ލައްވަން ތައްޔާރު ވަމުންދަނީ މުލަކު ދާއިރާއަކަށް ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މުލަކު ދާއިރާއަކަށް ކުރިމަތި ލެއްވުމަށްޓަކައި ނިހާން މިހާރު ގެންދަވަނީ މަސައްކަތްވެސް ކުރައްވަމުންނެވެ. އޭނާ ބުނީ ރަސްމީކޮށް ނިހާން މުލަކު ދާއިރާއަށް ކެމްޕޭން ނުކުރެއްވި ނަމަވެސް އެދާއިރާގައި ހިމެނޭ ޕީޕީއެމްގެ މެމްބަރުންނާއެކު އެ މަޝްވަރާތައް އެބަގެންދާ ކަމަށެވެ.
ނިހާން ވަނީ ކުރިޔަށް އޮތް މަޖިލީހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ކުރިމަތި ނުލައްވާނެކަން އިއުލާން ކުރައްވާފައެވެ. ނަމަވެސް އެހެން ދާއިރާއަކަށް ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދެން ކުރިމަތި ލައްވާނީ މުލަކު ދާއިރާއަށްތޯ ޔަގީން ކުރުމަށްޓަކައި ނިހާންގެ ބަހެއް ހޯދަންކުރި މަސައްކަތް ވަނީ އޭނާއާ ނުގުޅުމުގެ ސަބަބުން ސާފުނުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާ މިހާރު ތަމްސީލު ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނަސީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ