ފިހާރަ/ރެސްޓޯރެންޓް ހުޅުވާފައި ބެހެއްޓޭ ވަގުތު މަދުކޮށްފި

ފިހާރަތަކާއި ރެސްޓޯރެންޓް/ކެފޭ/ހޮޓާ ހުޅުވާ ވަގުތު އިތުރުކުރިތާ ތިން ދުވަހަށް ފަހު، ކޮވިޑްގެ ކޭސްތައް ކުއްލިއަކަށް މާ ގިނަވާން ފެށުމާ އެކު، އަނެއްކާވެސް އިކޮނޮމިކް މިނިސްޓްރީން މިއަދު ބަދަލު ގެނެސްފި އެވެ.
އެ މިނިސްޓްރީން މި ބަދަލު ގެނައި އިރު އެޗުޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށް، ދަންވަރު 12 އިން ފަތިހު 4 އާ ދެމެދު ބޭރަށް ނުކުމެ އުޅުން ވެސް މަނާކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މިއަދުން ފެށިގެން ސައި ހޮޓާ، ކެންޓީން، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށެވެ.
ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން އެޗުޕީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
ކޮވިޑް ކޭސްތައް ވަރަށް ބޮޑުތަނުން އިތުރުވާން ފެށިއިރު، ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނާއި ފިހާތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު މިނިސްޓްރީން އޮތީ މި ފަހުން އިތުރުކޮށްދީފަ އެވެ. އެގޮތުން ހޮޓާ/ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން މެންދަމު 1:00 ވަންދެން ހުޅުވާފައި ބެހެއްޓެ އެވެ.
އެކަމަކު އިއްޔެ 140 އަށް ވުރެ ގިނަ މީހުން ކޮވިޑްއަށް ޕޮޒިިޓިވް ވުމަކީ ގިނަ މީހުން އެއްވެއުޅޭ ކަންކަން ހުއްޓާލަން ޖެހުމެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަަޅުތައް ވަރުގަދަކުރަން ވެސް ޖެހުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ