މި ދައުރަށް ހުށަހަޅަން ގަސްތުކޮށްފައިވާ 22 ބިލުގެ ތެރެއިން ހުށަހެޅުނީ އެންމެ ދެ ބިލު: ރައީސް ނަޝީދު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރަށް ހުށަހަޅަން ނިންމާފައިވާ 22 ބިލުގެ ތެރެއިން 20 ބިލު އަދިވެސް ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.މިދައުރުގައި ސަރުކާރުން ހުށަހަަޅަން ގަސްދުކުރާ ބިލުތަކުގެ ލިސްޓް މަޖިލީހަށް މިއަދު ފޮނުވުމުން، މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ލިސްޓްގައި ހުރި ގިނަ ބިލްތަކަކީ ހުށަހަޅަން ސަރުކާރުން އުއްމީދުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ބިލްތަކެއް ކަމަށެވެ. އެއީ ކުނިމެނޭޖްކުރުމުގެ ބިލާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ."މަޖިލީހަށް ނުލިބި އެބަ ވޭ 20 ބިލް. މީގެ ތެރޭގައި ފާހަގަކުރެވޭ ވަރަށް ހާއްސަ ބިލް އެބަހުރި. ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް،" ނަޝީދު ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވީ އެ ހަތަރު ބިލު މުތާލިއާކޮށް ބަހުސްކޮށްގެން ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކުރުމަށް ބޮޑު މަސައްކަތެއް ކުރުމުގެ ފުރުސަތު މަޖިލީހުގެ މި ދައުރުގައި އަދި އެބަ އޮތް ކަމަށެވެ.ފާއިތުވި ހަފްތާ އަދި މި ހަފްތާގައި ވެސް މަޖިލީސް ކުރިއަށް ގެންގޮސްފފައިވަނީ ކުޑަ ވަގުތުކޮޅަކަށެވެ. ކުރާނެ މަސައްކަތެއް ނެތި މަޖިލީހުގެ ޖަލްސާތައް ނިންމާލަމުންދާއިރު މީގެ ކުރިން ހުށަހެޅިފައިވާ ގިނަ ބިލުތަކެއް ވަނީ ކޮމިޓީ މަރުހަލާގައެވެ.އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ މި ދައުރުގައި މަޖިލީހަށް ހުށަހެޅުމަށްޓަކައި ނުވަ ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ