ކޮވިޑް19: ވުހާންގައި ބާކީ ތިބި ދެ ދިވެހިން އިންޑިއާގައި ކަރަންޓީނުކޮށްފި

ކޮރޯނާވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ވުހާން ސިޓީގައި ބާކީ ތިބި ދެ ދިވެހިންވެސް އިންޑިއާގައި ކަރަންޓީނުކޮށްފިއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވީ އިންޑިއަން އެއަރ ފޯސްގެ ފްލައިޓްގައި ވުހާންގައި ތިބި ދެ ދިވެހިން އިންޑިއާ އަށް ގެންގޮސް މިހާރު ކަރަންޓީނުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ވަނީ ވުހާން ސިޓީގައި ތިބި 7 ދިވެހިން އިންޑިއާގައި 14 ދުވަހަށް ކަރަންޓީނު ކުރުމަށް ފަހު ރާއްޖެ ގެނެސްފައެވެ. މި ހަތް ދިވެހިންވެސް އިންޑިއާއަށް ގެންދިޔައީ އިންޑިއަން އެއަރ ފޯސްގެ ފްލައިޓެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ