ހިންމަފުށީ ނަރުދަމާ ނިޒާމާ ސްޓެލްކޯއިން ހަވާލުވެއްޖެ

ކ. ހިންމަފުށީ ނަރުދަމާ ނިޒާމާއި، ސްޓެލްކޯއިން ރަސްމީކޮށް މިއަދު ހަވާލުވެއްޖެއެވެ.
އެގޮތުން މިއަދު ހިންމަފުށީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުގުނީ ވަނީ މިއީ ހިންމަފުށީގެ ރައްޔިތުންގެ އުމްމީދުތައް ފުރިހަމަވެގެންދާނެ ދުވަސް ކަމަށް ވިދާޅުވެފައެވެ.
ހިންމަފުށީގައި ބޭއްވި މިރަސްމިއްޔާތުގައި ހިންމަފުށީ ކައުންސިލް މެންބަރުންނަށް އެރަށުގެ ބައެއް އާއްމުން ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ