އިލްމުވެރިން ރޭގަނޑު ބޭރަށް ނުނިކުންނަން އިލްތިމާސްކޮށްފި

ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިން ރޭގަނޑު މަގުމައްޗަށް ނުނިކުތުމަށް އިލްމުވެރިންގެ ގުޅުމުން އެދިއްޖެއެވެ.އިލްމުވެރިންގެ ގުޅުމަކީ އެމްޑީއެންގެ ފަރާތުން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ދެކޮޅަށް އަޑުއުފުލުމަށް އެކުލަވާލާފައިވާ ހަރަކާތެކެވެ. އިލްމުވެރިންގެ ގުޅުމުން "ބޭންއެމްޑީއެން" ހޭޝްޓެގާއި އެކު މިއަދު އާއްމުކުރި ބަޔާނުގައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ދީނީ އިލްމުވެރިން އަމިއްލަ ސަލާމަތީ ކަންކަމަށް ޚާއްސަ އިސްކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. މިއީ މިފަދައިން ރާއްޖޭގެ ތާރީޚުގައި ދީނީ އިލްމުވެރިންނަށް އިލްތިމާސްކުރި ފުރަތަމަ ފަހަރެވެ.އެހެން ނަމަވެސް ފުލުހުންނާއި ސިފައިން މިހާތަނަށް އިލްމުވެރިންނަށް އެއްވެސް ނުރައްކަލެއް އޮތްކަން ހާމަކުރައްވާފައެއް ނުވެއެވެ. އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނުގައި ރާއްޖޭގެ ދީނީ އިލްމުވެރިން ފަރުވާތެރިވާންވީ 6 ކަމެއް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ ރޭގަނޑުގެ ވަގުތުތަކުގައި މަގުމައްޗައް ނުނިކުތުމާއި، ނިކުންނަން ޖެހިއްޖެނަމަވެސް އެކަނި ބޭރަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އިލްމުވެރިޔަކަށް ކިތަންމެ ކުޑަ ހާނިއްކަ އެއް ލިބުނު ނަމަވެސް އެކަމާއި މެދު އިހުމާލުނުވެ އަވަސް ފަރުވާ ހޯދުމާއި، އަމިއްލަ ކާރު އަދި ސައިކަލު ޕާކު ކޮށްފައި ހުންނަ ވަގުތު ގެއްލުމެއް ލިބިފައި ހުރިކަން ފާހަގަކުރެވިއްޖެނަމަ ވަގުތުން އެކަން ކަމާ ބެހޭ ފަރާތްތަކަށް އެންގުމަށް ވަނީ އެދިފައެވެ. އަދި "އެއްވެސް ބާވަތެއްގެ ޝައްކު އުފެދޭ ކަމެއް" ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް އެކަމެއް ކަމާއި ބެހޭ ފަރާތްތަކަށް އެންގުމަށް ވެސް އިލްމުވެރިންގެ ގުޅުމުން ވަނީ އިލްތިމާސްކޮށްފައެވެ.
މިލިޔުން ކިޔާލުމުން
63 %
އުފާވި
13 %
ދެރަވި
0 %
ރުޅިއައި
25 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ގައުމު
އިލްމުވެރިންނަށް އިންޒާރު ދިނީ ކޮންބައެއް ލާ ދީނީ ބައިގަޑުތަ ނޫނީ އައި.އެސް.އައިތަ ............ ރާއްޖޭގެ އަލްމަރުހޫމް ޑޮކްޓަރ އަފްރާޝީމް އަލީ އަވަހާރަ ކޮއްލުމުގާ މިއުޅޭ ލާ ދީނީ މީހުންގެ އަތެއް ވުމަކީ އެ ދެވިގެންވާކަމެއް އެބައިމީހުން ބޭނުން ވާނެ ދީނީ އިލުވެރިންގެ އަޑުކަޑުވާލަން .........
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ