އެމް-ފައިސާ މެދުވެރިކޮށް ހަތަރު ސްކޫލެއްގެ ފީ ދެއްކޭނެ: އުރީދޫ

އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ހަތަރު ސްކޫލެއްގެ ފީ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.
އެމް-ފައިސާ މެދުވެރިކޮށް ފީ ދެއްކޭގޮތަށް އުރީދޫ އިން ހަމަޖެއްސީ އައިލެންޑާސް އެޑިއުކޭޝަންގެ ދަށުން ހިންގާ ހަތަރު ސްކޫލަކަށެވެ. އެއީ ބިލަބޮންގް ހައި، ފިންލެންޑް އިންޓަނޭޝަނަލް، ކެންގަރޫ ކިޑްސް އަދި އަމީރު އަހުމަދު ސްކޫލެވެ.
އުރީދޫ އިން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ތަފާތު ހިދުމަތްތައް ދެމުން އަންނައިރު ސްކޫލް ފީ ދެއްކުމަށްވެސް އެ ކުންފުނިން މިވަނީ ލުއި ފަސޭހަކޮށްފައެވެ.
އެގޮތުން ސްކޫލް ފީ ދެއްކުމަށް އެމްފައިސާ އެޕް މެދުވެރިކޮށް ލޮގިންވެ ކުއްޖާ ކިޔަވަމުން ދާ ސްކޫލުގެ ނަން ޖެހުމަށް ފަހު އެޑްމިނިސްޓްރޭޝަން ނަންބަރާއި ޕިން ޖަހަންޖެހެއެވެ. އަދި ފީ ދައްކަން ބޭނުންވާ ތާރީހް އިހްތިޔާރުކޮށް، އޯޓީޕީ ނަންބަރު ޖެހުމަށް ފަހު އެމް-ފައިސާގެ ތެރެއިން ޕިން ނަންބަރު ބަދަލު ކުރަން ބޭނުން ނަމަ އައިލެންޑާސް އެޑިއުކޭޝަން އެޕު މެދުވެރިކޮށް އެކަން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްފައިސާ އަކީ އުރީދޫގެ ޑިޖިޓަލް ވޮލެޓެކެވެ. އެމްފައިސާގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް، އުރީދޫގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ