އާއަހަރު ފާހަގަކުރަން ހަވާއެރުވުމާ މިޔުޒިކްޝޯތައް ބޭއްވުންފަދަ ކަންކަން ކުރުމަށް ދައުލަތުގެ ފައިސާ އިސްރާފް ނުކުރަން ޑރ. އިޔާޟް ގޮވާލައްވައިފި

އާއަހަރު ފާހަގަކުރަން ހަވާއެރުވުމާއި މިޔުޒިކްޝޯތައް ބޭއްވުންފަދަ ކަންކަން ކުރުމަށް ދައުލަތުގެ ފައިސާ އިސްރާފް ނުކުރަން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދިވެހި ސަރުކާރަށް ގޮވާލައްވައިފިއެވެ. 
ރައީސް ޔާމީނުގެ ވެރިކަމުގައިވެސް އެކަންކަން ނުކުރަން އެއިރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ފަށްފަށުން އިލްތިމާސްކުރެއްވިއެވެ. ނަމަވެސް ފުރަގަސް ދިނުމުން ކުރިމަތިވި ޙާލުވެސް ވަނީ ރައްޔިތުންނަށް ފެނިފައެވެ. 
ފުޓްބޯޅައިގައި ފައިނަލަށް ހިނގައްޖެނަމަ ނާޗަރަންގީ ޝޯތައް ބާއްވާނެ ކަމަށް ބުނި ހިސާބުން ރާއްޖޭގެ ފުޓްބޯޅަ އޮތީ ބިމަށް ތުންހަރައިގެންކަމަށް ޤަބޫލުކުރަންޖެހެއެވެ. 
ﷲ ތަޢާލާ ދެއްވެވި އިޚްތިޔާރުގެ ބޭނުންކޮށްގެން މިއަދު ހަރާމް ހުރިހާ ކަންކަން ކުރެވިދާނެއެވެ. ނަމަވެސް އަރައި ހަމަކުރަންޖެހޭނެއެވެ. 
ޝައިޚް މުޙައްމަދު ޝިފާން ވިދާޅުވެފައިވެއެވެ. 
ދެ ޖިންސު މަސްހުނިވެގެން މިޔުޒިކް ޝޯ ބާއްވައި ނާޗަރަޤީ ކުޅުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަމެކެވެ. އެފަދަ މުންކަރާތަކަށް އިންކާރު ކުރުމަކީ ވާޖިބެކެވެ. އަދި އެފަދަ މުންކަރާތްތަކުގައި ބައިވެރިވެ އެހީތެރިވުމަކީ ފާފަވެރިވާނެ ކަމެކެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: (وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ)
މާނައީ: ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!.
މިއުޒިކް ޝޯ އިސްތިހާރު ކުރުމާއި އަދި އެ ޝޯ ލައިވް ކުރުމަކީވެސް ޙުއްދަވެގެންވާނެ ކަމެއް ނޫނެވެ. 
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ .: (  إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ‎)
މާނައީ: ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، ޢަމަލު، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.
ވީމާ އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ބާއްވަން ރާވާފައިވާ މިޔުޒިކް ޝޯ ހުއްޓާލުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދި މިފަދަ ކަންތައްތައް މީސްތަކުންގެ މެދުގައި ފެތުރުމުން ދުރުހެލިވުމަށް ދިވެހި މީޑިޔާތަކަށް އިލްތިމާސް ކުރަމެވެ.
- ޝައިޚް މުޙައްމަދު ޝިފާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ