ޖީއެމްއާރަށް އެއާޕޯޓް ހަވާލުކުރީ އިގްތިސޯދު ދެގުނަ ކުރަން: ރައީސް ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ) ގެ ހިންގުން ހަވާލުކުރީ އިގްތިސާދަށް ލިބޭ ފައިދާ ދެ ގުނަ އިތުރުކުރުމުގެ ބޭނުމުގައިކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ޖީއެމްއާރަށް ވީއައިއޭގެ ހިންގުން ހަވާލުކުރި ސަބަބާ ގުޅޭ ގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް ނެގުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބުނު ގެއްލުމެއްކަަމަށެވެ. އެގޮތުން 2010ވަނަ އަހަރު އެ ކުންފުންޏާ އެއާޕޯޓް ހަވާލުކުރީ ވޯލްޑް ބޭންކްގެ އެހީގައި އެއާޕޯޓް ތަރައްގީކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. ވީއައިއޭ ހިންގުމަށް 25 އަހަރަށް ޖީއެމްއާރުއާ ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ނޮވެމްބަރު، 25، 2010 ގައެވެ. އެ އެއްބަސްވުން ބާތިލް ކުރީ، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައެވެ. ރައީސް ނަޝީދު ޖީއެމްއާރާ އެއްކޮޅަށް ވާހަކަދައްކަވާފައިވާއިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ ޖީއެމްއާރާ އެއްކޮޅަށް ވާހަކަދައްކަވާފައެވެ. https://sun.mv/158060 އެ ނިންމުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އަމީރު, ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގްތިސޯދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށެވެ. އެއާއެކު ގައުމުގެ އިގްތިސާދު ހަރުދަނާ ގޮތެއްގައި ކުރިއަރުވަން ނޭނގޭ ނަމަ އަމާޒު ހިފާނީ އެ ގައުމުގެ ހަރުމުދާ ވިއްކުމަށް ކަމަށް ވިދާޅުވެ މި ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ މިއަދު ރައްދު ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ