800 މިލިޔަން ޑޮލަރުގެ މައްސަލަ: ދެފަރާތުގެ ވާހަކަ ދިމާ ނުވާތީ އަލުން މައްސަލަ ދިރާސާ ކުރަން ކޮމެޓީން ނިންމައިފި

ކުރީގެ ރައީސް މައުމޫނާއި އެ މަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލައިގައި އެސްޓީއޯގެ ކުރީގެ ބޯޑާއި މޯކަމް ކުންފުނީގެ ހިއްސާދާރުންގެ ވާހަކަތައް ދިމާ ނުވާތީ އިތުރަށް ސުވާލުކޮށް، ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން މިއަދު ނިންމައިފި އެވެ.
މީޑިއާ އަށް ވެސް ހުޅުވާލައިގެން ބޭއްވި ކޮމެޓީ ބައްދަލުވުމާ ބެހޭ ގޮތުން ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ މޯކަމް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިއްބެވި އަހުމަދު މުނީޒާއި އާޝާން އާއި ސަނާ މަންސޫރު މިއަދު ކޮމެޓީ އަށް ހާޒިރުކޮށް ތިން ބޭފުޅުންގެ ފަރާތްޕުޅުން ކޮމެޓީއަށް މައުލޫމާތު ހޯއްދަވާފައިވާ ކަމަށެވެ.
އަދި ހަމަ އެ ބައްދަލުވުމަށް އެސްޓީއޯގެ ކުރީގެ ޗެއާމަން ހުސައިން ޝަރީފާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު މަނިކާއި އަބްދުﷲ ޖިހާދުގެ އިތުރު ބޭފުޅަކު ވެސް ހާޒިރު ކުރެއްވެވި އެވެ. ދެން ހިމެނޭ ދެ ބޭފުޅުންނަށް މަޖިލީހުގެ ސިޓީ ރައްދު ނުވާތީ ހާޒިރުވެ ވަޑައެއް ނުގަންނަވަ އެވެ.
~
އަލީ ވިދާޅުވީ މޯކަމްގެ ހިއްސާދާރުންނާއި އެސްޓީއޯގެ ބޯޑުގެ ވާހަކަތައް ދިމާ ނުވާ ކަމަށާއި އެހެންވެ މައްސަލައާ ގުޅިގެން ކޮމެޓީގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.
"ވާހަކަ ދިމާ ނުވީމާ ކޮމެޓީން ނިންމާފައި ވަނީ މުނީޒަށް އަލުން ފުރުސަތު ދޭން މުނީޒު ބޭނުންފުޅުވޭ އިތުރަށް ވާހަކަ ދައްކަވަން. އަޅުގަނޑުމެން ވެސް ނިންމާފައި ވަނީ ފުރުސަތު ދިނުމަށް ފަހު އަލުން މައްސަލަ އިތުރަށް ދިރާސާ ކުރުމަށް،" ސަރުކާރު ހިންގާ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމެޓީގެ ނިންމުމާ ބެހޭ ގޮތުން އަލީ ވިހާދު ވިދާޅުވި އެވެ.
މުނީޒު ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމާފައި ވަނީ މާދަމާ 2:00 ޖަހާއިރަށެވެ.
އަލީ ވިދާޅުވީ ކޮމެޓީގައި މިއަދު ކުރެވުނު ސުވާލުތަކުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު ބަރުމާއެކު އެކު ދެ ކުންފުނިން ވަރަށް ފުޅާކޮށް ތެލުގެ ވިޔަފާރިކޮށް ޝިޕްމަންޓްތައް ބޭރުކޮށް އެކަމުގެ ތެރޭގައި ސަބްސިޑަރީ ކުންފުނިތަކެއް އެކުލެވި ބަންގުލަދޭޝްގެ ތެލުގެ ކަމަކަށް ވެސް ބިޑްކޮށްފައިވާކަން އެނގޭ ކަމަށެވެ.
"މީގައި އެބައުޅޭ މޯކަމް މެލޭޝިޔާ އާއި މޯކަމް ސިންގަޕޫރެއް ވެސް. އެސްޓޯއާ އެކު ތަފާތު އެކި ފަރާތްތައް އެބައުޅޭ. މިހާ ގިނަ ކުންފުނިތަކެއް އެކުވެ ތެލުގެ ވިޔަފާރިކޮށްފައިވޭ، އަނެއްކޮޅުން ދެފަރާތުގެ ވާހަކަތަކުން ކުންފުނީގެ ފެށުމާ ބެހޭ ގޮތުން ދައްކާ ވާހަކަ ވެސް ދިމައެއް ނުވޭ،" އަލީ ވިދާޅުވި އެވެ. "ހަމަގައިމު ވެސް އެބަހުރި ފުށު އެރުންތަކެއް އެސްޓީއޯގެ ކުރީގެ ބޯޑުން ވިދާޅުވަމުން ދަނީ އެބޭފުޅުންނަކަށް މޯކަމް ކުންފުނި ހެދިއިރަކު ނޭނގޭއޭ، ވަކި ހިސާބަކުން ކަމެއް ދިމާވެގެނޭ އެނގުނީ މިހާ ހިސާބުގައި އެބައުޅޭ ވާހަކަ ދިމާ ނުވުމެއް އެހެންވީމާ އިތުރަށް ދިރާސާ ކުރަން ނިމުނީ،"
ގައުމީ ސަލާމަތުގެ ކޮމެޓީގައި 11 މެންބަރުން ތިއްބަވަ އެވެ. އޭގެ ތެރެއިން ދެ ބޭފުޅަކު މިއަދު ކޮމެޓީއަށް ހާޒިރުވެ ވަޑައެއެއް ނުގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ