އަތުގައި ހުރި ފައިސާ ހުސްވެދާނެކަމަށް ބިރުން މީހުންގެ އެހީތެރިކަމަށް ނޭދޭ މީހާއަށް ރިޒްޤް ތަނަވަސްކޮށްދެއްވަވާނެ! އިން ޝާ ﷲ

ބައެއް މީހުން އެމީހުންގެ އަތުގައި ހުންނަ ފައިސާ ހުސްވެދާނެކަމަށް ބަލައި މީސް މީހުންގެ ކިބައިން އެހީތެރިކަން ހޯދައެވެ. އާދޭސްކޮށްގެން ފައިސާ ހޯދައެވެ. ރިބާ ހިމެނޭ ލޯނުތައްވެސް ނަގައެވެ. 
މިއީ ކުރެވޭ ފާފައެކެވެ. އަތުގައި ހުރި ވަކިލާރިކޮޅުވެސް ހުސްވެ ދެން އެހެން ގޮތެއް ނެތިގެން ނޫނީ އެއްވެސް މީހެއްގެ ކިބައިން އެހީތެރިކަމަށް އެދުމެއް ނެތެވެ.
ކުރިން މިބަޔާންކުރިފަދައިން އަތުގައި ފައިސޤ ހުއްޓައިވެސް ހުސްވެދާނެކަމަށް ބަލައި ލޯނު ނެގުމާއި މީސްމީހުންގެ އެހީތެރިކަމަށް އެދުން މިއަދު ބައަކު މިވަނި ފެޝަނަކަށް ހަދައިފައެވެ. އެއީ ކުރިއަށް ރޭވުން ކަމަށްވެސް މިވަނީ ހަދައިފައެވެ. 
މި ޙަދީޘްފުޅަށް ބަލާށެވެ! 
عن عمر بن الخطاب رضي الله عنه قال: قال رسول الله صلى الله عليه وسلم: ” لو أنَّكم  توَكلونَ علَى اللهِ حقَّ توَكلِه لرَرَزَقَكُم كما يرزقُ الطَّيرَ تغدو خماصًا وتروحُ بطانًا 
މާނައީ: ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޢުމަރު ބުން އަލްޚައްޠާބް رضي الله عنه ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 
"الله އަށް ވަކީލުކުރުން ޙައްޤުގޮތުގައި ތިއަބައިމީހުން އެ އިލާހަށް ވަކީލުކުރާނަމަ، އެއިލާހު ދޫނިތަކަށް ރިޒުޤުދެއްވާ ފަދައިން ތިއަބައިމީހުންނަށްވެސް ރިޒުޤުދެއްވާނެއެވެ. އެ ދޫނިތައް ހެނދުނު ނުކުންނަނީ ހައިކަންމަތީގައެވެ. އަދި ހަވީރު އެނބުރި އަންނަނީ ބަނޑު ފުރައިގެންނެވެ."
ވަކީލްކުރުމުގެ މާނަ ރަނގަޅުގޮތުގައި ކުރާށެވެ! އަތުން ފައިސާ ހުސްވެދާނެކަމަށް ބިރު އޮތްނަމަ ފުރަތަމަކަމަކަށް އިޤްޠިޞޯދުކުރާށެވެ. ޚަރަދުތައް ކުޑަކުރާށެވެ! ދެވަނަކަމަކަށް ފައިސާ ހޯދަން ކުރެވެން ހުރި ޙަލާލު މަސައްކަތްތައް ކުރާށެވެ! އެގޮތުގައި ސާބިތުވާ މީހާއަށް ﷲ ތަޢާލާ ރިޒުޤް ތަނަވަސްކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ