ރައީސް ޔާމީން ގެއަށް ބަދަލުކުރުމާމެދު މަޝްވަރާތައް ދަނީ ކުރަމުން: ކަރެކްޝަންސް

މަނީލޯންދަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ޙުކުމެއްގައި މިވަގުތު ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމޫން އަބްދުލް ޤައްޔޫމް ގެއަށް ބަދަލުކުރުމާއެދު ގޮތެއް ނިންމެވުމަސް މަޝްވަރާތައް ކުރެވެމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ވިދާޅުވެއްޖެއެވެ.
"ވޮއިސް"އަށް މަޢުލޫމާދު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމަށް މިހާރު ކަނޑައެޅިފައި އޮތް އުސޫލުގެ ދަށުން ކަމާއިބެހޭ ފަރާތްތަކާ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި މާލަސްތަކެއްނުވެ ގޮތެއް ނިންމޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް މިޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ވޮއިސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ ރައީސް ޔާމީންގެ ޞިއްޙީ މައްސަލައެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް ކުރީގެ ފަސްޓްލޭޑީ މެޑަމް ފާޠިމަތު އިބްރާހީމް ފޮނުއްވި ސިޓީފުޅެއްގައި، ރައީސް ޔާމީންގެ ޞިއްޙީ މައްސަލަތަކެއް ހުރި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި ރައީސް ޔާމީނަށް ޑޮކްޓަރުން ލަފާ ދެއްވީ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ނަމަވެސް، އެމަނިކުފާނު އެގޮތް ބޭނުންފުޅު ނުވާ ކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.
"ރާއްޖެއިން ނުހެދޭ ޓެސްޓުތަކެއް ހެދުމަށް ޑޮކްޓަރުން ބުނީ. ބޭނުންފުޅުވަޑައެއް ނުގެންނެވި. އެއީ ކުރިން ޑޮކްޓަރުން ދެއްވި ލިޔުމެއް" ރައީސް ޞާލިޙު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ