އިންތިގާލީ އިންސާފުގެ އޮފީހަށް 9 މުވައްޒަފުން ހޯދަން އިއުލާން ކޮށްފި

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް 9 މުވައްޒަފުން ހޯދަން ގެޒެޓުގައި ޝާއިއުކޮށްފި އެވެ.
މިއަދު ޝާއިއުކުރި އިއުލާނުގައި ވަނީ އެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް މީހަކު ހޯދަން އިއުލާން ކޮށްފަ އެވެ. ހިއުމަން ރިސޯސަސް މެނޭޖްމެންޓު، ބިޒްނަސް އެޑިމިނިސްޓްރޭޝަން، ފައިނޭންސް، އެކައުންޓިންގްމ ގާނޫނީ ނުވަތަ އިންސާނީ ހައްގުގެ ދާއިރާއިން މާސްޓާސް ހާސިލްކޮށްފައިވުމާއިއެކު މިއިން ދާއިރާއަކުން 8 އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭނެކަމަށް ޝަރުތުކޮށްފައިވާ މި މަގާމުގެ މުސާރަ އަކީ 28،000 ރުފިޔާ އެވެ.
މީގެ އިތުރުން ދެ ޑިރެކްޓަރަކު ހޯދަންވެސް ވަނީ ގެޒެޓުގައި އިއުލާން ކޮށްފަ އެވެ. ގުޅުންހުރި ދާއިރާއަކުން މާސްޓާސްއެއް ހާސިލްކޮށްފައި ވުމުގެ އިތުރުން 7 އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށް ޝަރުތުކޮށްފައިވާ މި މަގާމަށް ނަގާ ދެމީހުންނަށްވެސް ދޭނީ 24،500 ރުފިޔާގެ މުސާރަ އެކެވެ.
ހަމައެއާއިއެކު 16،200 ރުފިޔާގެ މުސާރައެއް ލިބޭ ތިން މަގާމަކަށްވެސް ވަނީ ކުރިމަތިލާން ހުޅުވާލައިފަ އެވެ. އެއީ އެޑްމިން އޮފިސަރެއް، އެޗްއާރު އޮފިސަރެއްގެ އިތުރުން ޕްރޮކިއުމެންޓު އޮފިސަރެކެވެ. އަދި އައިޓީ އޮފިސަރަކަށް ހުޅުވާލައި އެ މަގާމަށް 15،600 ރުފިޔާ މުސާރައިގެ ގޮތުގައި ދޭން ވަނީ ހަމަޖައްސައިފަ އެވެ.
އޮފީސް އެސިސްޓެންޓެއްގެ މަގާމަށް ހަމަޖައްސާފައިވަނީ 10،000 ރުފިޔާގެ މުސާރަ އެކެވެ. އިންވެސްޓިގޭޝަން ދާއިރާއިންވެސް ދެ މަގާމަކަށް އިއުލާން ކޮށްފައިވާއިރު އެ ދެ މަގާމުގެ މުސާރަވެސް 15،000 ރުފިޔާއަށްވުރެއް ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ