ފިޝަރީޒް މިނިސްޓްރީއަށް ނައިބަކު އައްޔަނު ކޮށްފި

ނައިބަކަށް އައްޔަނު ކުރައްވާފައިވަނީ މ. ހިޔަމަ، އަލީ މާޖިދު އެވެ. އޭނާ އަކީ ނ. އަތޮޅު ކައިންސިލް މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.މާޖިދަކީ މަންދުކޮލެޖުން ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ފަރާތެކެވެ.މީގެ ކުރިން އޭނާ ވަނީ ސެޓްފިކެޓް އިން ޓްރެވަލް އެންޑް ޓުއާ އޮޕްރޭޝަންސް ކޯހެއް ވެސ ފުރިހަމަކުރައްވާފަ އެވެ. އިންޓީރިއާ ޑިޒައިނިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓްގެ މަސައްކަތްތައް ވެސް އޭނާ ކުރައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ