އެމްޕީއެލްގެ ޓަގް ބޯޓްގެ މަސައްކަތް ނުނިމެނީސް އިތުރު ފައިސާ ނުދިނުމަށް އަންގައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޭނުމަކަށް ބަންނަމުންގެންދާ ޓަގް ބޯޓެއްގެ މަސައްކަތް މުޅިން ނިމި، އެ ބޯޓް އެމްޑީޕީއެލްއާ ހަވާލުކުރުމުގެ ކުރިން އިތުރު ފައިސާއެއް ދޫނުކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އަންގައިފި އެވެ.
އޭސީސީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ 2008 ވަނަ އަހަރު އެމްޕީއެލް އަށް ޓަގެއް ބަނުމަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް، ސެންޓާ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ކުރަމުން ދިޔަ މަސައްކަތާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް އެކޮމިޝަނުން ތަހުގީގު ކުރި އިރު އެއްބަސްވުމާ އެއްގޮތަށް ކަންތައްތައް ގޮސްފައިނުވާ ކަމަށެވެ.
"އެމްޕީއެލްގެ ބޭނުމަކަށް ބަންނަމުންގެންދާ ޓަގް ބޯޓުގެ މަސައްކަތް މުޅިން ނިމި، އެ ބޯޓް އެމްޕީއެލްއާ ހަވާލުކުރުމުގެ ކުރިން އެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތްތަށް އިތުރު ފައިސާއެއް ދޫނުކުރުމަށް 17 ޖެނުއަރީގައި ވާނީ އަންގާފައި،" އޭސީސީގެ ބަޔާނުގައިވެ އެވެ.
އެމްޕީއެލް އާއި އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމާ އެގޮތަށް މަސައްކަތުގެ އަގުގެ ގޮތުގައި 49 ޕަސެންޓް މިހާތަނަށް ދޫކޮށްފައިވާ ކަމަށާއި ނަމަވެސް އެއެއްބަސްވުމާ އެއްގޮތަށް ޓަގް ބޯޓުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް އޭސީސީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ