އިމްރާނާ، ފާރިސް ވަގުތުން ދޫކޮށްލުމަށް އަނެއްކާވެސް މަޢުމޫނު ގޮވާލައްވައިފި

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި މަޢުމޫނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވަގުތުން ދޫކޮށްލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަލުން އަނބުރާ ފާރިސް އާއި އިމްރާން މިއަދު ޖަލަށް ގެންދިޔުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާކަމަށެވެ. އަދި އެ ދެ ބޭފުޅުން ވަގުތުން ދޫކޮށްލުމަށް މައުމޫން ވަނީ ގޮވާލައްވާފައެވެ.
12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ޝައިޚް އިމްރާން ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު، އޭނާ ޖަލުގައި ހުއްޓާ ދަރިއަކު ލިބުނުތާ ދެތިން ދުވަސް ފަހުންނެވެ.
މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ފާރިސް ގޭ ބަންދަށް ބަދަލުކުރީ އޭނާ ހުންނެވި ޖަލު މަރާމާތުކުރާތީއެވެ. ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި މިދިޔަ ޖުލައި މަހުން ފެށިގެން ފާރިސް ހުންނެވީ ޖަލުގައެވެ. ރިޝްވަތުގެ ދައުވާގެ އިތުރުން ފާރިސްގެ މައްޗަށް ވަނީ ޝަހުސް އޮޅުވާލުމުގެ ދައުވާ ވެސް އުފުލާފައެވެ. އެ ދައުވާ ފާރިސްގެ މައްޗަށް ކުރަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ހުއްދަނެތި ބޭނުންކުރި މައްސަލައިގަ އެވެ.
ޤައިދީން ދޫކޮށްލުމަށް ކުރީގެ ރައީސް މަޢުމޫނު ގޮވާލައްވަމުން ގެންދަވާއިރު، މަޢުމޫނު ވެރިކަން ކުރެއްވި 30 އަހަރު ނުޙައްޤުން ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ މީހުންނަށް އަނިޔާކުރިކަމުގެ ތުޙުމަތު އެމްޑީޕީއިން މަޢުމޫނުގެ މައްޗަށް ކުރަމުން ގެންދާކަން ފާަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ