ފުވައްމުލަކުގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ފުވައްމުލަކު ސިޓީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު ވިދާޅުވީ އޭނާ ޕޮޒިޓިވްވިކަން އެނގިފައިވަނީ ބުދަ ދުވަހު ކަމަށެވެ.
އޭނާގެ ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގެ 14 ދުވަސް ހަމަވުމުން ޓެސްޓު ކުރިއިރުގައި ކަމަށްވެސް ޟިރާރު ވިދާޅުވިއެވެ.
އަދިވެސް އޭނާ ހުރީ އާއިލާ އާއެކު ގޭގައި ކަމަށާއި އައިސޮލޭޝަން ފެސިލިޓީއަކަށް އަދި ގެންގޮސްފައި ނުވާ ކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.
ބުދަ ދުވަހު އެޗްއީއޯސީން ވެސް ވަނީ ފުވައްމުލަކުގައި ހޯމް ކަރްންޓީންގައި ހުރި އުމުރުން 36 އަހަރުގެ އަންހެނެއްގެ ފުރަބަންދުގެ މުއްދަތު ހަމަވުމުން ނެގި ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފައެވެ.
އަތޮޅުތެރޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްއީއޯސީން ވަނީ އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން ވެސް މާސްކު އެޅުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ