ފަރުވާއަށް އިންޑިޔާއަށް ދެވޭ ގޮތް ހަދައިފި

ކްރިޓިކަލް ފަރުވާ ބޭނުންވާ ދިވެހިން ބޭސް ފަރުވާއަށް އިންޑިއާއަށް ދެވޭނެ ގޮތް ހަމަޖައްސައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިޔާގެ ސަރުކާރާއެކު މަޝްވަރާ ކުރުމަށް ފަހު އާސަންދައިގެ ދަށުން ނޫނަސް ރާއްޖެއިން ލިބެން ނެތް ކްރިޓިކަލް ފަރުވާ ހޯދަން ބޭނުންވާ ފަރާތްތައް އިންޑިޔާއަށް ގޮސް ފަރުވާ ހޯދުމުގެ ފުރުސަތު ފަހި ކޮށްދީފައިވާ ކަމަށެވެ.
އެގޮތުންް އިންޑިއާއަށް ދިޔުމުގެ ފުރުސަތު ހޯދުމަށް ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ޑިޕާޓްމަންޓަށް މެއިލް ކުރަން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް ދަތުރު ކުރެވޭނީ އިންޑިއާ ސަރުކާރުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ހުއްދަ ދޭ ފަރާތްތަކަށް އެކަނި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަދި ދަތުރުކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މެޑިކަލް ވިސާ ނަގަން ޖެހޭ ކަމަށާއި ބޭސްފަރުވާއަށް ދާ ފަރާތްތަކުން އިންޑިއާގައި ތިބުމާއި، ކަރަންޓީންވުމުގެ އިންތިޒާމްތަކާއި، ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސަން ޖެހޭނީ އެ ފަރާތަކުން އަމިއްލައަށް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ