ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބަގްލަދޭޝްގެ 200 މީހުން ފުރުވާލައިފި

ބަންގްލަދޭހުން އައިސް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ އެ ގައުމުގެ 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.
ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތި އުޅޭ ބިދޭސީން އެނބުރި ގައުމަށް ފޮނުވާލަން ސަރުކާރުން ދަނީ ރިޕެޓްރިއޭޝަން ފްލައިޓުތަކެއް ބާއްވަމުންނެވެ.
މޯލްޑިވިއަނުން މިއަދު ބުނީ ބަންގްލަދޭޝްގެ 200 މީހުން ގޮވައިގެން މޯލްޑިވިއަންގެ ފްލައިޓެއް ޑާކާއަށް ފުރާފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ ގިނަ ކަމަށް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންގަލާދޭހުގެ މީހުންނެވެ.
މިހާތަނަށް ބަންގްލަދޭހުގެ ހާހަކަށް ވުރެ ގިނަ މީހަކު އަނބުރާ ގައުމަށް ފުރުވާލާފައިވާ އިރު އެ ގައުމުގެ މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަނީ އިކޮނޮމިކް މިނިސްޓްރީއާ ފޮރިން މިނިސްޓްރީން ގުޅިގެންނެވެ.
ސަރުކާރުން ބިދޭސީން ފުރުވާލަން ކުރާ މަސައްކަތުގެ ތެރޭގައި އިންޑިޔާ، އިންޑޮނޭޝިއާ ތައިލެންޑު އަދި ސްރީލަންކާގެ ގިނަ ބަޔަކު ވަނީ ފުރުވާލި އެވެ. އެއީ ގަވައިދާ ހިލާފު މީހުން ކަމެއް ސާފެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ