ސްކޫލެއްގެ ސީނިއާ މެނޭޖްމަންޓް ސްޓާފަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ސްކޫލެއްގެ ސީނިއާ މެނޭޖްމަންޓު ސްޓާފަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕްރޭޝަން ސެންޓަރ، އެޗްއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ އެ މުއައްޒަފު ވަޒީފާއަށް ނުކުމެފައިވާ ކަމަށެވެ. ނަމަވެސް އެޗްޕިއޭ އިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ގައިދުރުކުރުކަން ބެހެއްޓުމާއި، މާސްކް އަޅައިގެން ހުންނެވުމުން އެ މުއައްޒަފާ މާގިނަ މީހުން ކޮންޓެކްޓް ވެފައި ނުވާ ކަމަށެވެ. އެ މުއައްޒަފާ ކޮންޓެކްޓްވީ ތިން މުއައްޒަފެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. 
ކޯވިޑް ޖެހުން ސްޓާފަކީ ހުޅުމާލޭ ހުރަވީ ސްކޫލުގެ ސީނިއާ މެނޭޖްމަންޓުގެ ސްޓާފެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ