ފިޔަވަޅުތަކާ ޚިލާފްވެގެން މިދިޔަ ހަފްތާގައި 7 ލައްކައިން ޖޫރިމަނާ ކޮށްފި

ކޮވިޑް19 އިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފްވެގެން ފާއިތުވި ހަފުތާގައި އެކަނިވެސް ހަތް ލައްކަ ރުފިޔާއަށް ވުރެ މަތިން ޖޫރިމަނާކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުންނަމަ މި ފިޔަވަޅުތަކާއި ޚިލާފުވެގެން 791،000ރ. އާމްދަނީއެއް ދައުލަތުން ވަނީ ލިބިފައެވެ. އެގޮތުން މާސްކު އެޅުމުގެ ގަވާއިދާއި ހިލާފުވެގެން 244 މީހުން ޖޫރިމަނާ ކޮށްފައިވާއިރު، 306 މީހަކަށް ވަނީ ނަސޭހަތްތެރިވެފައެވެ. ކާފިއު ގަވާއިދާއި ހިލާފުވެގެން 326 މީހުން ޖޫރިމަނާ ކޮށްފައިވާއިރު، 519 މީހަކަށް ވަނީ ނަސޭހަތް ދީފައެވެ. އަދި ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 221 ވެހިކަލެއް ޖޫރިމަނާ ކޮށްފައިވާއިރު، 1228 ފަރާތަކަށް ވަނީ ނަސޭހަތް ދީފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގަވާއިދުގެ ދަށުން ގަވައިދާ ިލާފުވާ ފަރަތްތަކަށް ފުލުހުން ޖޫރިމަނާ ކުރަނީ 1000 ރުފިޔާއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ