މަސްތުވާ ތަކެއްޗާއެކު ކުޑަ ކުއްޖަކު ހައްޔަރުކޮށްފި

މަސްތުވާތެކެތި ކަމަށް ޝައްކުކުރެވޭ އަށާރަ ޕަކެޓާއި އެކު އަށާރަ އަހަރު ދަށުގެ ކުޑަ ކުށްޖަކު އދ މާމިގިނލިން ހައްޔަރުކޮށްފިއެވެ.
ފުލުހުންބުނީ މާމިގިލީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި 18 ސެލޯފިންކޮޅާއެކު އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދޮށަށް ގެންގޮސްފައިވަނީ ރޭ ބާރަޖެހި ފަހުންނެވެ.
އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވަނީ އެކުއްޖާ ނިދާ އެނދުގައި އަޅާފައިއޮތް ގޮދަޑީގެ ދަށުންކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ