ވޭތުވެދިޔަ ހަތަރު މަސް ދުވަހު 690 މައްސަލަ ޕީޖީ އަށް

މި އަހަރުގެ ޖެނުއަރީން ފެށިގެން މި މަހުގެ ނިޔަލަށް 690 މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ. ފުލުހުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަތަރު މަސް ދުވަހު ޕީޖީ އަށް އެންމެ ގިނައިން ފޮނުވާފައި ވަނީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެ ބާވަތުގެ 266 މައްސަލަ ޕީޖީއަށް ފޮނުވާފައިވެ އެވެ. އޭގެއިތުރުން އެންމެ ގިނައިން ފޮނުވާފައި ވަނީ މާރާމާރީގެ މައްސަލަތަކެވެ. މާރާމާރީގެ 103 މައްސަލަ ޕީޖީ އަށް ފޮނުވާފައިވާއިރު ތަކެއްޗަށް ގެއްލުންދީގެން ވެސް ދައުވާކުރުމަށް 100 އަށް ވުރެ ގިނަ މައްސަލަ ފޮނުވާފައިވެ އެވެ. ފުލުހުން ބުނީ ބަދުއަހުލާގީ އަމަލުތަކާއި ފޭރުމާއި ޗެކް ބައުންސްވުމާއި ޓްރެފިކް މައްސަލަތަކުގެ އިތުރުން މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެއް ވެސް ދައުވާކުރުމަށް ފޮނުވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ