ޑައިވިނަށް ދިޔަ ޒުވާނަކު މަރުވެއްޖެ

ގދ.ގައްދޫގައި މަހަށްދިޔަ ދޯންޏަކުން ޑައިވިނަށް ދިޔަ 21 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.
ގދ.ގައްދޫ "ރޯޅި" ދޯނީގައި މަހަށްދިޔަ މި ޒުވާނާ ނިޔާވެފައިވަނީ އެންދަމަން ދާ އެޅުމަށްޓަކައި ޑައިވިނަށްގޮސް ގިނައިރުތަކެއްވެ މައްޗަށް ނޭރުމުން އޭނާއާއިއެކު ޑައިވިނަށްދިޔަ މީހުން އޭނާ ކޮބައިތޯ ބެލުމަށް ކުރި މަސައްކަތުން ފެނިފައިވަނީ އޭނާގެ މާސްކް ނެއްޓި، ހަރަކާތްހުއްޓިފައިވަނިކޮށްކަމުގައި މި ދޯނީގައި މަހަށްދިޔަ މީހަކު ވަނީ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދީފައެވެ.
އަދި އޭނާ މޫދުން ނެގިއިރުވެސް ނެވާ ހުއްޓިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށާ އަދި ގައްދޫ ސިއްޙީ މަރުކަޒަށް އޭނާ ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ގައްދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތުދެއެވެ. މިކަން ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ