ކޮވިޑް-19ށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 500ށް!

ކޮވިޑް-19ށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 500ށްވުރެ މައްޗަށް އަރައިފިއެވެ.
ހެލްތު މިނިސްޓްރީގެ ޑޭޝްބޯޑުން ދައްކާގޮތުގައި ވައިރަހަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު ވަނީ 507ށް އަރާފައެވެ. ރާއްޖެއިން މިހާތަނަށް 1,438 މީހުން ޕޮޒިޓިވްވެފައިވާއިރު، މީގެތެރެއިން 35.26% އަކީ ދިވެހިންނެވެ.
ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝް ރައްޔިތުންނެވެ. މިހާތަނަށް 737 ބަންގްލަދޭޝް ރައްޔިތުން ޕޮޒިޓިވްވެފައިވާއިރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ 51.5% އަކީ ބަންގްލަދޭޝް ރައްޔިތުންނެވެ.
ރާއްޖެއިން 145 އިންޑިއާ ރައްޔިތުން ޕޮޒިޓިވްވެފައިވާއިރު، ނޭޕާލްގެ 22 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
ރާއްޖޭގައި މިހާތަނަށް އައިއިރު ގިނަ އަދަދެއްގެ ބިދޭސީން ޕޮޒިޓިވްވެފައިވާއިރު މާލެ ޞަރަޙައްދުގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުންދާ ތަންތަން ސަރުކާރުގެ ފަރާތުން އަންނަނީ ބަލަމުންނެވެ. އެފަދަ ތަންތަން މޮނިޓަރ ކުރަމުން އަންނައިރު، އެތަންތަނުގައި އުޅޭ ބިދޭސީން އެއަށްވުރެ ރަނގަޅު ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ