ލައިފް ފެނުގައި މައްސަލަޖެހުނީ ފުޅީގެ ސަބަބުން - އެފްޑީއޭ

ލައިފް ފެނުގައި މައްސަލަޖެހުނީ ފުޅިތަކުގެ މައްސަލައަކުން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެފްޑީއޭ)އިން ބުނެފި އެވެ.
އެ ފެނުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި މައްސަލަ ހުރީ ފުޅީގަ ކަމަށް އެފްޑީއޭއިން ބުނެއެވެ.
އެ އޮތޯރިޓީން ބުނެފައި ވަނީ ލައިފް ފެނުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ އޮތޯރިޓީއަށް ލިބުނު ޝަކުވާއާ ގުޅިގެން ލައިފް ފެން ފެކްޓަރީ ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ތަހުގީގުން އެނގުނު ގޮތުގައި އެ މައްސަލަ ކުރިމަތިވީ ފުޅީގައި ހުރި ވަހަކުން ކަމަށެވެ.
އެފްޑީއޭއިން ހާމަކޮށްފައިވާ ގޮތުގައި އެ މައްސަލަތައް ހައްލުކުރުމަށް އެ އޮތޯރިޓީން ދިން ލަފަޔާއެއްގޮތަށް އިސްލާހު ކުރުމަށްފަހު އަލުން އެ ފެކްޓަރީގައި މަސައްކަތް ފަށާފައިވާ ކަމަށެވެ.
ލައިފް ފެން އުފައްދާ އިންޓަނޭޝަނަލް ބެވެރޭޖާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނީ ލައިފް ބްރޭންޑުގެ ކޮންމެ ބެޗެއް ވެސް ވިއްކުމަށް ނެރެނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނޭޝަނަލް ހެލްތު ލެބޯޓަރީން ޓެސްޓުކޮށް އެއީ އިންސާނުން ބުއިމަށް ކަމުދާ ފެންކަމުގެ ޔަގީންކަން އެ ލެބޯޓަރީން ލިޔުމެއް ދިނުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ