3 ލައްކައަށްވުރެ ގިނަ ފައިސާ އިސްލާމިކް ފެއާރގައި ބެހެއްޓުނު މިސްކިތު ފަންޑަށް ލިބިއްޖެ

3 ލައްކައަށްވުރެ ގިނަ ފައިސާ އިސްލާމިކް ފެއާރގައި ބެހެއްޓުނު މިސްކިތު ފަންޑަށް ލިބިއްޖެކަމަށް އިސްލާމިކް އެފެއާރޒުން ހާމަކޮށްފިއެވެ.އިސްލާމިކް ފެއާރގައި ބެހެއްޓިފައިވާ ‘އެހީގެ ފޮއްޓަށް’ ޖުމްލަ 315271.25 (ތިން ލައްކަ ފަނަރަ ހާސް ދުއިސައްތަ ހަތްދިހަ އެއް ރުފިޔާ ފަންސަވީސް ހާސް ރުފިޔާ ލިބިފައިވާ ކަމަށް ދިއިސްލާމްއަށްވަނީ ހަބަރު ލިބިފައެވެ. މިމަހު 13 އިން 16 އަށް ބޭއްވުނު މިފެއާރ އަށް އާންމުގެ ތަރުހީބުވަނީ ވަރަށް ބޮޑަށް ލިބިފައެވެ. އެގޮތުން މިފަދަ ފެއާރތައް ކުރިއަށްއޮތްތަނުގައި މާލޭގައާއި ޜާއްޖޭގެ އެހެނިހެން ރަށްތަކުގައި ބޭއްވުމަށް މަސައްކަތް ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީއިންވަނީ މީޑިއާއަށް ހާމަކުރައްވާފައެވެ.އިސްލާމިކް ފެއާރ 2009 އަކަށް އަންދާޒާކުރެވޭ ގޮތުގައި 23 ހާސް މީހުން ޒިޔާރަތްކޮށްފައިވެއެވެ. މިފެއާރއަށް ޒިޔާރަތް ކުރި ގިނަ މީހުންގެ ޝަކުވާއަކީ ފެއާރ ބޭއްވިތަން ކުޑަވެފައި ފެއާރގައި ބައިބޯވެ ތޮއްޖެހުމުގެ މައްސަލަ ކުރިމަތިވުމެވެ. ‘ބޮޑު ޖާގައެއްގައި ފެއާރ ބޭއްވުމަށް’ ގިނަ ބަޔަކު ބޭނުންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ