ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން 1024 މީހަކަށް ޓިކެޓް ދިނުމަށް ނިންމައިފި

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން 1024 މީހަކަށް ޓިކެޓް ދިނުމަށް ކަނޑައަޅައި އެކަން އިއުލާންކޮށްފި އެވެ.އެ ޕާޓީން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ޓިކެޓް ދިނުމަށް ކަނޑައަޅާފައި ވަނީ މާލެ އާއި އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތި ލުމަށް އެދިފައިވާ 17 މީހަކާއި އަތޮޅު ކައުންސިލްތަކަށް 138 މީހަކާއި ރަށު ކައުންސިލްތަކަށް 769 މީކަށެވެ.އެޕާޓީން ޓިކެޓް ދީފައިވާ މީހުންގެ ނަންތަކެއް އަދި އާންމެއް ނުކުރެ އެވެ. ނަމަވެސް އެ ޕާޓީން ބުނީ އެ 1024 މީހުންނަކީ ފ. އަތޮޅު ބިލެއްދޫ ދާއިރާ ފިޔަވައި އެ ނޫން ހުރިހާ ދާއިރާގެ ޓިކެޓް ދިނުމަށް ކަނޑައެޅި މީހުން ކަމަށެވެ.އެމްޑީޕީން ބުނި ގޮތުގައި އިއްޔެ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ އިން ވަނީ ހަތް މެންބަރުގެ ކެމްޕެއިން ކޮމެޓީ އަކާއި ފަންޑްރައިސިން ކޮމެޓީގައި ކުރިން ތިއްބެވި ދެ ބޭފޫޅަކު ބަދަލުކުރައްވައި އާ ދެ ބޭފުޅަކު ކަނޑަވެސް އަޅުއްވައިފަ އެވެ.ކެމްޕެއިން ކޮމެޓީގައި ހިމެނެނީ، އެ ޕާޓީން ބުނި ގޮތުގައި، ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ އާއި ޕާލަމެންޓް ގްރޫޕްގެ ލީޑަރު މޫސާ މަނިކާއި ޕާލަމަންޓް ގްރޫޕްގެ ނާއިބު ލީޑަރު މުހަންމަދު އަސްލަމާއި އެ ގްރޫޕްގެ އަމީން އާންމު ހާމިދު އަބްދުލްޣަފޫރާއި ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާއި މުލަކު ދާއިރާގެ ރައީސް އަހުމަދު ޝަފީގާއި އަދި ކާށިދޫ ދާއިރާގެ ރައީސް އަހުމަދު ހަލީމެވެ.ފަންޑް ރައިސިން ކޮމެޓީ އަށް އަލަށް ކަނޑައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހ. ތިމާވެށި އަބްދުﷲ ޖާބިރާއި އެސްޓީއޯގެ ޗެއާމަން އަދި އެމްޑީޕީ މާވަށު ދާއިރާގެ ރައީސް ފާރޫގު އުމަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ